ads
މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ބޭއްވި ހިނގާލުމެއްގެ ތެރެއިން
ކައުންސިލްތަކަށް ވާދަކުރާނެ އެމްޑީޕީ މެމްބަރުން ހޯދަނީ
އަންނަ އަހަރު ބާއްވަން ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ މެމްބަރުންނަށް އިދިކޮޅު އެމްޑީޕީން ފުރުސަތު ހުޅުވާލައިފިއެވެ.
Advertisement

އަންނަ ލޯކަލް ކައުންސިލް އިންތިހާބު އޮންނާނެ ވަކި ތާރީހެއް އިލެކްޝަންސް ކޮމިޝަނުން އިއުލާން ނުކުރިނަމަވެސް އަންނަ އަަހަރު އޭޕްރިލްމަހު އިންތިހާބު އޮންނާނެކަމަށް އެ ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ، 

އިދިކޮޅު އެމްޑީޕީން ބުނީ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ މެމްބަރުންނަށް ނަން ހުށައެޅުމުގެ ފުރުސަތު އަންނަ މަހުގެ  30 ވާ އަންގާރަ ދުވަހުގެ 14:00 އާ ހަމަޔަށް ހުޅުވާލާފައިވާކަމަށެވެ. 

އެމްޑީޕީން ބުނީ ޕްރައިމަރީގައި ވާދަކުރެވޭނީ ޝައުޤުވެރިކަންފާޅުކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށެވެ. އަދި ޕްރައިމަރީގެ ޓައިމްލައިން ފަހުގެ ތާރީހެއްގައި އާއްމުކުރާނެކަމަށްވެސް އެމްޑީޕީން ބުނެއެވެ. 

ނަން ހުށައެޅުމުގެ ޝަރުޠުތައް

1. އެމް.ޑީ.ޕީގެ މެމްބަރެއް ކަމުގައިވުން

2. ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުޠުތައް ހަމަވުން.

3. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަވާއިދުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުޠުތައް ހަމަވުން.

 އެމްޑީޕީން ބުނީ ސިޓީތަކުގެ ދާއިރާތައް ބެހިފައިވާ ގޮތާއި އަންހެނުންނަށް ޙައްސަ ގޮނޑިކަނޑައެޅުމުގައި ބާލަފައިވާނީ މިވަގުތު އަމަލުކުރަމުންދާ ގޮތަށްކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް