އިލެކްޝަން ކޮމިޝަނުން ވަނީ އިންތިހާބަށް 260 ވުރެ ގިނަ ވަޒީފާއަށް ހުޅުވާލާފަ އެވެ. އެ ކޮމިޝަނުން ބުނީ މި މަގާމްތަކަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް ކުރިޔަށް ގެންދާނީ ވޯކް-އިން އިންޓަވިއުއެއް ކަަމަށެވެ. މި އިންޓަވިއުތައް މިއަދާއި މާދަމާ އޮންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ވޯކް-އިން އިންޓަވިއު އޮންނަ ތަނާއި ވަގުތުތައް
އިީސީން ބުނީ ވޯކް-އިން އިންޓަވިއުއަށް ހާޒިރުވާއިރު އައިޑީ ކާޑު، ތައުލީމީ ސެޓްފިކެޓް އަދި ސީވީގެ ކޮޕީ ގެނަން ޖެހޭނެކަމަށެވެ.
މި ވޯކް-އިން އިންޓަވިއުގައި ވަޒީފާގެ ފުރުސަތުތަކާގުޅޭ މަޢުލޫމާތު ދިނުމާއި ވަޒީފާއަށް އެދޭ ފޯމް ފުރުމާއި، ރަޖިސްޓަރީކޮށްދިނުމާއި އެޕްލިކޭޝަން ސްކްރީންކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އީސީން ބުނެއެވެ. އަދި ޝަރުތު ހަމަވާ ފަރާތްތަކާ އިންޓަވިއުކޮށް ވަޒީފާއަށް އެދޭ މަގާމަށް ބޭނުންވާ ހުނަރުތަކަށް ބިނާކޮށް އަމަލީ ޓެސްޓު ދިނުން އޮންނާނެކަަމަށްވެސް އީސީން ބުނެއެވެ.
އީސީން ހުޅުވާލާފައިވާ މަގާމުތައް
މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް، ވަޒީފާގެ މާހައުލުގައި ސަމާލުކަންދޭންވީ ކަންކަމާއި އިންތިހާބެއް ކުރިއަށްދާއިރު ކޮމިޝަނުން ކުރަމުންގެންދާ މަަސައްކަތްތައް ދަސްކޮށް ތަޖުރިބާކޮށްލުމަށް ލިބޭ ފަހި ފުރުސަތަކަށް ވެގެންދާނެކަމަށް އީސީން ބުނެ އެވެ. އަދި ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، އެކި ދާއިރާތަކުގެ މަސައްކަތްތައް ދަސްވެގެންދާނެކަމަށްވެސް އީސީން ބުނެ އެވެ.