ads
ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް
ފުލުހުންނަށް ފަލާހުގެ މައްސަލަ ބެލޭނެތަ؟ ގާނޫނީ ލަފާ ހޯދަނީ
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި، ނޫސްވެރިން ލާންވީ ޖަލަށް ނޫން ކަމަށާއި އެ މީހުން "އުލުބައިންދަންވީ" ކަމަށް ވިދާޅުވެ ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ގޮވާލެއްވި މައްސަލަ ތަހުގީގު ކުރުމާ މެދު ލަފާ ހޯދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

މިދިޔަ ހަފްތާގައި ފަލާހު ދެއްކެވި ވާހަކަ ތަހުގީގު ކުރަން ފުލުހަށް ހުށަހެޅީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުންނެވެ. އެކަމަކު އެ މައްސަލަ ތަހުގީގުކުރުމާމެދު ފުލުހުން ގޮތެއް ނިންމުމުގެ ކުރިން އެދުނީ ޕީޖީގެ ލަފައަކަށެވެ. މިކަން ފުލުހުންވަނީ މީޑިއާތަކަށް ކަށަވަރުވެސް ކޮށްދީފައެވެ.

މިއަހަރުގެ ދެވަނަ ދައުރު ނިންމައި، ޗުއްޓީގައި އޮތް މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި "މީޑީއާ ކޮންޓްރޯލްކުރާ ބިލް" ގެ ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ އެއީ މުހިއްމު ބިލެއް ކަމަށާއި އެއީ މީޑިއާގައި މަސައްކަތްކުރާ އެއްވެސް ފަރާތަކަށް ހުރަހެއް އޮތް ބިލެއް ނޫން ކަމަށެވެ. 

މީޑިއާގެ ސަބަބުން ވަރަށް ނިކަމެތި ކަމެއް ލިބުނު ކަމަށް ވިދާޅުވެ ފަލާހު ވަނީ އޭނާއަކީ "އެއްޖިންސުން ގުޅުން ހިންގާ" މީހެއް ކަމަށް މީޑިއާގައި ފަތުރާފައިވާ ކަމަށާއި އޭގެ ސަބަބުން އާއިލާ އަށް ވެސް އޭގެ އަސަރުކުރި ކަމަށެވެ.

އެފަދަ ކަންކަން ކުރާ ނަމަ ނޫސްވެރިން ޖަލަށް ލުމުގެ ބަދަލުގައި "އުލުބައިންދަންވީ" ކަމަށް އޭނާ މަޖިލީހުގެ ތަޅުމުގައި ތަކުރާރުކޮށް ވިދާޅުވި އެވެ. ފަލާހް އެގޮތަށް ވިދާޅުވި ނަމަވެސް އެ ވާހަކަތަކަކީ އޭރު ސޯޝަލް މީޑިއާގައި ބަޔަކު ދެއްކި ވާހަކަތަކެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް