ads
ތ. ވަންދޫ އާ މިސްކިތް
ތ. ވަންދޫ މިސްކިތް އަންނަ އަހަރު ނިމޭނެ: އިސްލާމިކް މިނިސްޓްރީ
ތ. ވަންދޫގައި ސަރުކާރުން އިމާރާތްކުރާ މިސްކިތުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
Advertisement

ތ.ވަންދޫގެ އާބާދީ 400 މީހުންނާ ގާތްކުރި ނަމަވެސް ރަށުގައި ދިރިއުޅޭ އާބާދީ މިއަށްވުރެ މަދެވެ.

ވަންދޫގައި ތަރައްގީކުރަމުންދާ މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

 

އިސްލާމިކް މިނިސްޓްރީން ހާމަ ކުރާ ގޮތުގައި މިހާތަނަށް މިސްކިތުގެ %60 މަސައްކަތް މުޅިން ނިމިފަވާކަމަށެވެ.
އެ މިނިސްޓްރީގެ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސެކްޝަންގެ ވަފުދެއް، ވަންދޫގައި ސަރުކާރުން ޢިމާރާތްކުރާ މިސްކިތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ފާހަގަ ކޮށްފައިވެ އެވެ 

މިސްކިތުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ނިންމާލުމަކީ ޢަމާޒުކަމަށާއި، އެގޮތަށް މަސައްކަތްތައް ކުރިއަށްދާކަމަށް އެ އިދާރާއިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް