ads
ކުޅުދުއްފުށި ސިޓީ---- ފޮޓޯ: ޕީއެސްއެމް
ކުޅުދުއްފުށި ފަހުން ލޮކްޑައުންކުރީ އަމާޒު ބޯޓާއި ގުޅިގެން
ހދ. ކުޅުދުއްފުށި ފަހުން ލޮކްޑައުން ކުރީ އަމާޒު ބޯޓުން ފެނުނު ކޮވިޑް-19 ކޭސްތަކާއި ގުޅިގެން ކަމަށް މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މަބްރޫކް ވިދާޅުވީ، މޮނީޓަރިންގެ ހާލަތަށް ނުވަތަ ލޮކްޑައުންއަށް ރަށެއް ގެންދާނީ ކޭސްއަކާ ގުޅިގެން ކަމަށެވެ. އެގޮތުން ކުޅުދުއްފުށި ސިޓީ މިހާރު ލޮކްޑައުން ކޮށްފައި ވާއިރު، އެ ސިޓީ ލޮކްޑައުން ކޮށްފައި ވަނީ އަމާޒު ބޯޓުން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސް ފެނުމުން ކަމަށް މަބްރޫކް ފާހަގަ ކުރެއްވި އެވެ. 

އެގޮތުން މާލެ އިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ކޭހެއް ފެނުމާއި އެކު ގިނަ އަދަދެއްގެ މީހުން މާލެ ދޫކޮށް ރަށްރަށަށް ދަތުރު ކޮށްފައި ވާއިރު އަމާޒު ބޯޓަކީވެސް އެދުވަހު މާލެ ލޮކްްޑައުން ކުރުމުގެ ކުރިން މާލެ އިން ފުރާފައިވާ ބޯޓެކެވެ. 

އެ ބޯޓުވަނީ ށ. އަތޮޅުގެ ގިނަ ރަށްތަކެއްގެ އިތުރުން ނ. އަތޮޅާއި ހދ ގެ ގިނަ ރަށްތަކަކަށް ވެސް ޖައްސާފަ އެވެ. 

އަމާޒުބޯޓުން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހެއްގެ ގޮތުގައި އެ ބޯޓުގެ ކެޕްޓަން ފެނިގެން ގޮސްފައި ވާއިރު، ކެޕްޓަންގެ އާއިލާގެ ހަތަރު މީހަކު ވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި އެ ބޯޓުގެ ފަޅުވެރިންގެ ތެރެއިން ބަޔަކުވެސް ނަރުދޫ އިން ބައްޔަށް ޕޮޒިޓިވް ވެފައި ވާއިރު، އެ ބޯޓުން ދަތުރު ކުރި ށ. މިލަންދޫ އަށް ނިސްބަތްވާ މީހަކުވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. 

އަމާޒު ބޯޓުން މިހާތަނަށް 9 މީހަކު ޕޮޒިޓިވް ވެފައި ވާއިރު 11 މީހަކުގެ ކިބައިން ބަލީގެ އަލާމާތްތައް ވަނީ ފެނިފައެވެ. އަދި މި ކްލަސްޓާ އާއި ގުޅިގެން މިހާތަނަށް 113 ކޮންޓެކްޓް ހޯދިފައިވާކަމަށް ޑރ. އިބްރާހިމް އަފްޒަލް ވަނީ ވިދާޅުވެފަ އެވެ. 

މީގެ އިތުރުން، އެޗްޕީއޭ އިން ވަނީ އަތޮޅުތަކުގެ ތެރެއިން ކޮވިޑް-19 ގެ ބަލިމީހުން ދެނެގަތުމާއި އެ ބަލި އުޅޭތޯ ބެލުމުގެ ނިޒާމް ގާއިމު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައި އާންމު ކޮށްފަ އެވެ. އަދި މި އުސޫލުގެ ދަށުން ރަށްރަށުގައި ތިބި ޓާސްކްފޯސް ތަކަށް ތަމްރީން ދެވިފައިވާނެ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ. 

މަބްރޫކް ވަނީ އަތޮޅު ތެރޭގެ ރަށްތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އައިސޮލޭޓް ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށާއި އަދި ރަށްތަކުގައި ވެސް މިފަދަ މީހުން އައިސޮލޭޓް ކުރެވޭނެ ގޮތް ހަދާފައި ހުންނާނެ ކަމަށެވެ. 

ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މިހާރު މަނާ ކޮށްފައި ވާއިރު، ރަށްތަކުގައި ކޮވިޑް-19 ފެތުރުނަނުދީ ރައްކާތެރި ފިޔަވަޅުތައް އެޅުމުގެ ބާރު މިހާރު ވަނީ ލޯކަލް ކައުންސިލް ތަކަށް ދީފަ އެވެ. އެގޮތުން މިހާރު ގިނަ އަދަދެއްގެ ރަށްތަކުގައި ކާފިއު އިއުލާންކޮށް ނުވަތަ ލޮކްޑައުން ގެ ހާލަތަށް ގެންގޮސްފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް