ads
މޯލްޑިވިއަންގެ އޭ 330 ގެ ބޯޓެއް
މޯލްޑިވިއަންގެ ޓިކެޓުތަކުން ޓޫރިސްޓުންނަށް 15 ޕަސަންޓުގެ ޑިސްކައުންޓެއް
ގައުމީ އެއާލައިން މޯލްޑިވިއަނުން، ރަށު ޓޫރިޒަމް ފުޅާކުރުމުގެ މަގުސަދުގައި ޓޫރިސްޓުންނަށް ހާއްސަކޮށްގެން ޓިކެޓުގެ އަގުން 15 ޕަސަންޓުގެ ޑިސްކައުންޓެއް ދޭން ނިންމައިފިއެވެ.
Advertisement

މި ބަދަލު ގެނެސްފައިވަނީ އަމިއްލައަށް ދަތުރުތައް އިންތިޒާމުކޮށްގެން ރާއްޖެ އަންނަ ޓޫރިސްޓުންނަށެވެ.

މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ މި ލުޔު ހާއްސަކޮށްފައިވަނީ ޓުއާ އޮޕަރޭޓަރެއްގެ އެހީއާ ނުލައި ރާއްޖޭގެ ރަށްރަށަށް ދަތުރުކޮށް ގެސްޓްހައުސް ޓޫރިޒަމް ތަޖުރިބާކުރާ 'ފްރީ އިންޑިޕެންޑެންޓް ޓްރެވެލާޒް' އިންނަށް ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ރަށު ޓޫރިޒަމް ކުރިއެރުވުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

މި އަގުހެޔޮކުރުމުގެ ސަބަބުން ރާއްޖޭގެ ރަށްރަށަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، ގެސްޓްހައުސް ވިޔަފާރިއަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން އުއްމީދުކުރެއެވެ. ސަރުކާރުންވެސް ދަނީ ރަށު ޓޫރިޒަމް ފުޅާކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ 17 ސަރަހައްދަކަށް ދަތުރުކުރާ މޯލްޑިވިއަންގެ މި ފިޔަވަޅަކީ މި މަސައްކަތަށް ލިބުނު އިތުރު ހިތްވަރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް