ads
ނޫސްވެރިން އަޑުއުފުލަނީ - ފޮޓޯ:އެމްޖޭއޭ
މީޑިއާ ބިލް ރިވިއުއަކަށް 4 މަސް ދޭން އެމްޖޭއޭ އިން އެދިއްޖެ
މީޑިއާގެ މިނިވަންކަން ހަނިކުރާނެ ކަމަށް ބުނާ މާއްދާތަކެއް ހިމަނައިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ދިރާސާކޮށް، މިހާރު އޮތް ގަވާއިދުތަކުގެ ނިޒާމު ރިވިއު ކުރުމަށް ހަތަރު މަސް ދުވަހުގެ މުއްދަތެއް ދިނުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އެދިއްޖެއެވެ.
Advertisement

އެމްޖޭއޭ އިން މިކަމަށް އެދުނީ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހެޅުއްވި މި ބިލާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ނޫސްވެރިން ކޮމިޓީއަށް ހާޒިރުކުރުމުންނެވެ.

އެމްޖޭއޭ އިން ބުނީ ބިލުގެ މަސައްކަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދަންޖެހޭ ސަބަބެއް ނެތް ކަމަށާއި، ކޮމިޓީގެ މެންބަރުންގެ ކިބައިން އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުންވެސް ސާފު ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. 

އެހެންކަމުން، ބިލުގެ އެނާލިސިސްއެއް ހެދުމާއި، މިހާރުގެ ރެގިއުލޭޓަރީ ނިޒާމު ދިރާސާކުރުމަށްފަހު، އެމްޖޭއޭގެ ފަރާތުން ކޮމިޓީއަށް ހުށަހެޅުންތަކެއް ހުށަހެޅުމަށް މަދުވެގެން ހަތަރު މަސް ދުވަސް ބޭނުންވާނެކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މި ބިލާ ގުޅިގެން މީގެކުރިން މީޑިއާ ކައުންސިލާއި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި، އެހެނިހެން މީޑިއާތަކުން ވެސް ވަނީ ކޮމިޓީއާ ބައްދަލުކޮށްފައެވެ. އެ ހުރިހާ ފަރާތަކުންވެސް ވަނީ އެއްވެސް މަޝްވަރާއެއް ނެތި ހުށަހަޅާފައިވާ މި ބިލުގައި ނޫސްވެރިކަން ކޮންޓްރޯލް ކުރެވޭގިނަ މާއްދާތަކެއް ހުރުމުން، ބިލު އަނބުރާ ގެންގޮސް ބޭރުކޮށްލުމަށް ގޮވާލާފައެވެ. ނޫސްވެރިން ފާހަގަކުރާ ގޮތުގައި، ބިލުގައި ނޫސްވެރިންނަށް ހިމާޔަތްދިނުމާއި، މީޑިއާތައް ސިޔާސީ ނުފޫޒުން ސަލާމަތް ކުރުން ފަދަ މުހިންމު ކަންކަމަށް އެއްވެސް އަހައްމިއްޔަތެއް ދީފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް