ads
މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް މުޒާހަރާ ކުރި ނޫސްވެރިއަކު ހައްޔަރުކުރަނީ: ފޮޓޯ މިލްޒީރޯ އެކްސް
މީޑިއާ ކޮންޓްރޯލް ކުރާ ބިލާ ގުޅޭ ކޮމެޓީ ބައްދަލުވުން ސިއްރުކޮށްފި
މީޑިއާ ކޮންޓްރޯލްކުރުމުގެ ބިލާ ގުޅިގެން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ބޭއްވި ބައްދަލުވުމެއް ސިއްރުކޮށްފި އެވެ.
Advertisement

އަންގާރަ ދުވަހު ހެނދުނު 9:00 ގައި ބޭއްވި މި ބައްދަލުވުން ސިއްރުކުރި ވަކި ސަބަބެއް ކޮމެޓީން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެޓީން މި ބައްދަލުވުން ސިއްރުކޮށްފައި މިވަނީ، މި ބިލާ ގުޅޭގޮތުން ކަމާބެހޭ މުއައްސަސާތަކާއި މީޑިއާތަކާއެކު ބައްދަލުވުންތަކެއް ބޭއްވުމަށްފަހު އެވެ. އެގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލްގެ އިތުރުން ރާއްޖޭގެ ގިނަ މީޑިއާތަކަކާއެކު ވަނީ މަޝްވަރާކޮށްފަ އެވެ. ހޯމަ ދުވަހު މީޑިއާތަކާއެކު ބޭއްވި ބައްދަލުވުމުގައި، ހުރިހާ މީޑިއާއަކުން ވަނީ އެއް އަޑަކުން މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލާފަ އެވެ. މީޑިއާތަކުން ފާހަގަކުރި ގޮތުގައި، މި ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަން ނަގާލައި، ނޫސްވެރިންނަށް ނުރައްކާވާ ގިނަ މާއްދާތަކެއް ހިމެނޭ ބިލެކެވެ.

މި ބިލަކީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. ރާއްޖޭގެ ނޫސްވެރިންނާއި މީޑިއާ ކައުންސިލް އަދި ޖާނަލިސްޓް އެސޯސިއޭޝަންތަކުގެ އިތުރުން ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް ވަނީ މި ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް، މި ހުރިހާ ކަންބޮޑުވުންތަކެއް ހުއްޓާ، ދައުރުން ބޭރުން ބޭއްވި ޖަލްސާއެއްގައި މަޖިލީހުން ވަނީ މި ބިލު ބަލައިގަނެ، ދިރާސާކުރުމަށް ކޮމެޓީއަށް ފޮނުވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް