ads
ނެއްލައިދޫ ކައުންސިލްއިން ފިޝަރީޒް މިނިސްޓްރީގެ އިސް ވެރިންނާ ބައްދަލުކުރެއްވުން
ނެއްލައިދޫ ކައުންސިލް އިދާރާ އިޔާދަކުރަނިވި ހަކަތައަށް
ހދ. ނެއްލައިދޫ ކައުންސިލްގެ އިދާރާގެ ހަރަދުތައް ކުޑަކޮށް، އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ ގޮތުން، އެ އިމާރާތުގައި ސޯލާ ނިޒާމެއް ގާއިމްކުރުމަށް ނިންމައިފިއެވެ.
Advertisement

މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން މިހާރު ވަނީ ބީލަމަށް ހުޅުވާލާފައެވެ.

ނެއްލައިދޫ ކައުންސިލުން އާންމުކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން، މިއީ އެ މަސައްކަތްކުރާ ފަރާތެއްގެ އަމިއްލަ ތަކެތީގައި ކޮށްދޭންޖެހޭ ޕްރޮޖެކްޓެކެވެ. މި މަޝްރޫއުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުގެ 13:00 ގެ ކުރިން އޮންލައިން ފޯމެއް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް އެ ކައުންސިލުން އެދެއެވެ. މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އެ ތާރީހުގެ ކުރިން ކައުންސިލްގެ 6520041 ނަންބަރު ފޯނަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން މައުލޫމާތު ސާފުކުރެވޭނެއެވެ.

މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅުމާއި، ބީލަންތައް ހުޅުވުން ކުރިއަށްދާނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ނެއްލައިދޫ ކައުންސިލްގެ އިދާރާގައެވެ. ކައުންސިލްތަކުން ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ބަދަލުވެ، ހަރަދުތައް ކުޑަކުރުމަށް އިސްކަންދޭއިރު، ނެއްލައިދޫ ކައުންސިލުން ފަށާފައިވާ މި މަސައްކަތަކީ އެ ރަށަށް ލިބިގެންދާނެ މުހިންމު ކުރިއެރުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް