ads
އައްދޫ ސިޓީން ފުވައްމުލަކު ސިޓީއަށް ފަޔާ ޓްރެކް ގެންދަނީ
އައްޑޫ ފަޔާ ލޮރީ ފުވައްމުލަކަށް ގެންދަނީ
ފުވައްމުލަކު އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ޓްރަކް ހަލާކުވެ، އެ އެއާޕޯޓަށް ދަތުރުތައް ހުއްޓުމުން، އައްޑޫއިން ފަޔާ ޓްރަކެއް ފުވައްމުލަކަށް މިރޭ ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
Advertisement

ފުވައްމުލައް ސިޓީ އެއާޕޯޓް ހުއްޓުމުކަަށް އައީ އެތަނުގައި ބޭނުންކުރާ ބޭނުންކުރާ ފަޔާ ޓްރަކްގެ ހޮޅިއެއް ފަޅައިގެން ގޮސް ގެންނެވެ. 

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އައްޑޫއިން ފުވައްމުލަކަށް ގެންދާ ފަޔާ ލޮރީ ލޭންޑިން ކްރާފްޓެއްގައި އެ ސިޓީއަށް މިހާރު ދަތުރު ކުރަމުން އަންނަކަމަށެވެ. ފަޔާ ޓްރަކް އަރުވައިގެންދާ ލޭންޑިން ކްރާފްޓް މިރޭ 09:30 ވާން ވާއިރަށް ފުވައްމުލަކަށް ވަދެވޭނެކަމަށް ވެއެވެ. 

މި ފަޔާ ޓްރެކް ފުވައްމުލަކަށް ގެންދިޔުމުން މިރޭ ނޫނީ މާދަމާ ހެނދުނު ފްލައިޓް ދަތުރުތައް ފުވައްމުކަަށް ފަށާނެކަންވެސް ވަނީ އެނގިފައެވެ.

ފަޔާ ޓްރެކް ހަލާކުވުމުން، ދިވެހިރާއްޖޭގެ ގައުމީ އެއާލައިން ކަމަށްވާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (މޯލްޑިވިއަން) އިން ފުވައްމުލަކަށް ކުރަމުންދިޔަ ހުރިހާ ދަތުރުތަކެއް ވެސް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ވަނީ އިއުލާންކޮށްފައެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް