ads
ޕާޓީއެއް
ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސްއެއް އެސްކޯޓެއްގެ ގޮތުގައި މަސައްކަތްކުރިކަމުގެ ތުހުމަތު
އިންޑިއާގެ އެންމެ ޅަ ޕްރައިވެޓް ޑިޓެކްޓިވް، ތާނިޔާ ޕޫރީ، ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސްއަކު ސިއްރުން އެސްކޯޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ކަމަށް ތުހުމަތުކޮށް، ފިލްމީ ދާއިރާއަށް ސިހުން ގެނުވާފަދަ ރިޕޯޓެއް ހާމަކޮށްފިއެވެ.
Advertisement

ތާނިޔާ ވަނީ އޭނާ ބެލި ބޮލީވުޑްގެ އެހެން ކޭސްތަކަކާ ގުޅޭ ގޮތުން ވެސް ހައިރާންކުރުވަނިވި ތަފްސީލްތަކެއް ހިއްސާކޮށްފައެވެ.

ތާނިޔާ ހާމަކުރި ގޮތުގައި، މި އެކްޓްރެސް ވަނީ ކެމެރާ ކުރިމަތީގައި އޭނާގެ ޕާޓްނަރާއެކު އޮތް ގުޅުމަކީ ހަގީގަތެއް ނޫން ކަމަށް ދައްކަމުން، ސިއްރުން އެސްކޯޓެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. މިކަން ހާމަވެފައިވަނީ، އޭނާގެ ޕާޓްނަރު މިކަމާ ގުޅޭގޮތުން އޭނާއާ ކުރިމަތިލުމުން ކަމަށްވެސް ތާނިޔާ ބުންޏެވެ. ނަމަވެސް، މި އެކްޓްރެސްގެ  އަދިވެސް ހާމަކޮށްފައެއް ނުވެއެވެ.

މި ހަބަރާއެކު ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑު އަޑުގަދަވެފައެވެ. ގިނަ ބަޔަކު ދަނީ މި އެކްޓްރެސްއަކީ ކާކުކަން ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ. ތާނިޔާ ޕޫރީ މިފަދަ ހައިރާންކުރުވަނިވި ވާހަކަތައް ހާމަކުރުމުން، ބޮލީވުޑްގެ އަސްލު ހަގީގަތާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް