ads
ގްލޯބަލް ސިޓިޒަންޝިޕް ކޮންފަރެންސްގަސއި މިނިސްޓަރު ސައީދު
ރާއްޖޭގައި އިންވެސްޓަރުންނަށް ދިރިއުޅެވޭ ޕްރޮގްރާމް އަންނަ އޭޕްރީލްގައި ފަށަނީ
ރާއްޖޭގައި އިންވެސްޓަރުންނަށް ދިރިއުޅެވޭ "ޕާލް ރެޒިޑެންސީ ޕްރޮގްރާމް" އަންނަ އަހަރުގައި ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއުލާންކޮށްފިއެވެ.
Advertisement

މިނިސްޓަރު ސައީދު މިކަން އިއުލާންކުރައްވާ ރަސްމީކޮށް ތައާރަފުކުރީ  އިނގިރޭސިވިލާތުގެ ލަންޑަނުގައި މިހާރު ކުރިއަށްދާ ގްލޯބަލް ސިޓިޒަންޝިޕް ކޮންފަރެންސްގައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ޕާލް ރެޒިޑެންސީ ޕްރޮގްރާމް" ފަށާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގައި ކަމަށެވެ. އަދި މި ހަރަކާތަކީ އިގްތިސާދު ސިންދަފާތު ކުރުމާއި ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. 

ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމް ރައީސް މުއިއްޒު އިއުލާންކުރައްވާފައިވަނީ މި އަހަރުގެ ޖުލައި މަހުގައެވެ. އެއީ އެމަނިކުފާނު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މި ދަތުރުފުޅުގައި ސަރުކާރުން ވަނީ މި ޕްރޮގްރާމްގެ މަސައްކަތް ހެންލީ އެންޑް ޕާޓްނާސްއާ ހަވާލުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް