
މޯލްޑިވިއަނުން ކަމަދޫއަށް ސީ ޕްލޭންގެ ހިދުމަތް ފަށަނީ ހޯކްސް ހޮޓެލާއި ގުޅިގެންނެވެ. އެކަމުގެ އެއްބަަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ 11 ވަނަދުވަހުއެވެ.
މޯލްޑިވިއަނުން ބުނީ މިމަހުގެ 11 ވަނަ ދުވަހު ކަމަދޫއަށް ސީޕްލޭންގެ ހިދުމަތް ފަށާ ކޮންމެ ކޮންމެ ހަފުތާއެއްގެވެސް ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހު އެރަށަށް ސީޕްލޭން ދަތުރުތައް އޮންނާނެކަމަށެވެ.
ކަމަދު އަށް ސީ ޕްލޭން ހިދުމަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު
މޯލްޑިވިއަނުން ކަމަދޫއަށް ސީ ޕްލޭންގެ ހިދުމަތް ފަށަނީ ހޯކްސް ހޮޓެލާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް މުއިއްޒު މިހާރު ބ. އަތޮޅަށް ކުރައްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ކަމަދޫގެ ގިނަ ބަޔަކު ބައިވެރިވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ. ހޯކްސް ހޮޓެލްގެ ފަރާތުން ސޮއި ކުރެއްވީ ހޯކްސް ކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސައިން އަމާން އެވެ