މެޓް އޮފީހުން ބުނީ މި ދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ހިސާބުތަކުގައި ފިނިހޫނުމިން އެންމެ މަތިވެގެންދާ ވަރު ހުންނާނީ އާންމު ގޮތެއްގައި މިދުވަސްވަރު ހުންނަވަރަށެވެ. ނަމަވެސް އެހެންހިސާބުތަކުގައި މިދުވަސްވަރު ހުންނަވަރަށްވުރެ މަތިވާނެކަމަށް ބެލެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.
ފިނިހޫނުމިން ދަށްވެގެންދާވަރު ހުރިހާސަރަހައްދެއްގައި ވެސް އާންމު މިންގަނޑަށްވުރެ މިމަހު މަތި ވާނެކަމަށް ބެލެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ރެކޯޑުތަކުން ދައްކާ ގޮތުގައި، ސެޕްޓެމްބަރު މަހު ވާރޭ ވެހޭ ވަރު އެންމެ ބޮޑަށް މަދުވެފައި ވަނީ ދެކުނުގެ ހިސާބުތަކަށެވެ.