ads
ޑްރަގާއެކު ހައްޔަރުކުރި ފުލުސް އޮފިސަރު
ޑްރަގާ އެކު ހައްޔަރުކުރި އަންހެން ފުލުސް ވަޒީފާއިން ވަކިކުރަނީ
މިދިޔަ ޖުލައި މަހު ޑްރަގާއި އެކު ހައްޔަރުކުރި އަންހެން ފުލުހަކު ވަޒީފާ އިން ވަކިކުރަން ނިންމައިފިއެވެ.
Advertisement

މި ފުލުހުން ވަޒީފާގައި ހުރި އދ. ކުނބުރުދޫ، ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ، 32، ޑްރާއި އެކު ހައްޔަރުކޮށްފައިވަނީ ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައެވެ. 

ފުލުހުން ބުނީ މި ފުލުސް މީހާގެ މައްސަލަ ބެލުމަށް ފަހު އޭނާ ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ޑިސިޕްލިނަރީ ބޯޑުން މިހާރު ނިންމާފައިވާ ކަމަށެވެ.

ފުލުހުން ހިންގި އޮޕަރޭޝަންގައި މި އަންހެން ފުލުސް މީހާއާ އެކު އިތުރު މީހަކުވެސް ހައްޔަރު ކުރިއެވެ. އެއީ، ހއ. ދިއްދޫ، ހަޒާރުމާގެ, ސައިފުއްﷲ އަހްމަދެވެ. މި ދެ މީހުން ހައްޔަރުކުރީ ވިޔަފާރިވެރިންގެ މިސްކިތް ކައިރިންނެވެ.

ފުލުހުން ބުނީ ދެ މީހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެއްޗަށް ތުހުމަތު ކުރެވޭ ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވާ ކަމަށެވެ. 

މި ދެމީހުން ހައްޔަރުކޮށް ޓެސްޓުކުރި އިރު އެ ދެ މީހުންވެސް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވް ކަމަށް ފުލުހުން ކޯޓުގައި ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް