މިއަދު މެންދުރު އޮންނާނީ ބައްސާމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އަދި ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާގެ ޝަރީއަތަކެވެ. މިއަދު މެންދުރަށް ޝަރީއަތް ތާވަލުކޮށްފައިވާއިރު، މި ފަހުން ބޭއްވި އެއް އަޑު އެހުމަށް، ކޯޓަށް ހާޒިރުވެވޭ ވަރަށްވުރެ ބައްސާމް ބަލިވުމުން ޝަރިއަތް ކެންސަލްކޮށްފައިވެސްވެއެވެ.
ބައްސާމްއާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ބައެއް ދައުވާތަކުގެ ޝަރިއަތް ފެށި ހެކިބަސް ނެގުމުގެ މަރުހަލާގެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ. އެކަމަކު ތަހުގީގު މަރުހަލާގައިވެސް އަދިވެސް ބައެއް މައްސަލަތައް އެބަހުއްޓެވެ.
ބައްސާމްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.