ads
އެމްއޭސީއެލްގެ އެމްޑީ އަދި ސީއީއޯ އިބްރާހިމް ޝަރީފް
ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ބެލުމުގެ މަސައްކަތް އެމްއޭސީއެލްއިން ފަށައިފި
ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފަށައިފިއެވެ.
Advertisement

މި މަސައްކަތަކީ ސަރުކާރުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އާއި އެމްއޭސީއެލް އެއްކޮށްލުމަށް ނިންމެވުމާއެކު، އެމްއޭސީއެލްގެ ދަށަށް ބަދަލުވި ނުވަ ޑޮމެސްޓިކް އެއާޕޯޓު ހިންގުމުގެ ޒިންމާ ހަވާލުވުމާ ގުޅިގެން ފެށިފައިވާ މަސައްކަތެކެވެ. މިއީ އެމްއޭސީއެލްއިން ވެލަނާ އިންޓަރނޭޝަނަލް އެއާޕޯޓު ނޫން އެހެން އެއާޕޯޓެއް ބަލަހައްޓަން ފެށި ފުރަތަމަ ފަހަރެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން، އެމްއޭސީއެލްގެ އެކްސްކޯގެ ބޭފުޅުންނާއި ޓެކްނިކަލް ޓީމުން ވަނީ އަލަށް ހަވާލުވެފައިވާ ނުވަ ޑޮމެސްޓިކް އެއާޕޯޓަށް ޒިޔާރަތްކޮށް، އެތަންތަނުގެ ހާލަތު ބަލާފައެވެ. މިގޮތުން، މިދިޔަ ހަފުތާ ތެރޭގައި ފުވައްމުލައް އެއާޕޯޓަށް ޓީމެއް ޒިޔާރަތްކޮށް، އެތަނުގެ މުވައްޒަފުންނާއި ކަމާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް، އެއާޕޯޓު އިތުރަށް ތަރައްގީކުރުމާއި، ބަދަލުތައް ގެނައުމާ ގުޅޭގޮތުން މަޝްވަރާކޮށްފައި ވެއެވެ.

ޑޮމެސްޓިކް އެއާޕޯޓުތައް ހިންގުން އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމުގެ ބޭނުމަކީ ޚަރަދު ކުޑަކޮށް، އެއާޕޯޓުތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުން ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި ބަދަލާއެކު، ސަރުކާރުން އަލަށް ތަރައްގީކުރާ ބައެއް އެއާޕޯޓުތަކުގެ މަސައްކަތްތައް ވެސް ކުރިއަށްދާނީ އެމްއޭސީއެލްގެ ބެލުމުގެ ދަށުންނެވެ. މިގޮތުން، ފައިނުގައި ތަރައްގީކުރާ އާ އެއާޕޯޓުގެ މަސައްކަތް ވެސް އެމްއޭސީއެލްގެ ބެލުމުގެ ދަށުން ކުރިއަށްދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް