ads
މަސްމާރުކޭޓް ސަރަހައްދު
މަސްވެރިކަމުން ރާއްޖެއަށް ލިބުނު އާމްދަނީ 43 ޕަސަންޓު އިތުރުވެއްޖެ
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މަސްވެރިކަމުން ރާއްޖެއަށް ލިބުނު އާމްދަނީ 43 ޕަސަންޓު އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
Advertisement

މިއީ ގައުމީ އިގްތިސާދަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މިއަހަރުގެ ފުރަތަމަ ހަތް މަހުގެ ތެރޭގައި ރާއްޖެއިން ބޭރުކުރާ މަހުގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެފައިވާކަމަށް ވެސް އެމްއެމްއޭއިން ބުނެއެވެ.

ޖެނުއަރީން ޖުލައި މަހުގެ ނިޔަލަށް ޖުމުލަ 52,763 މެޓްރިކްޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓްކުރެވުނީ 27,950 މެޓްރިކްޓަނެވެ. މިއީ 88.8 ޕަސަންޓުގެ ބޮޑު ކުރިއެރުމެކެވެ. އެންމެ ބޮޑު ކުރިއެރުމެއް ފެނިފައިވަނީ ފިނިކުރި ތާޒާ ކަނޑުމަހުގެ އެކްސްޕޯޓްތަކަށެވެ. މި ބާވަތުގެ މަސް އެކްސްޕޯޓްކުރި މިންވަރު 106.2 ޕަސަންޓު އިތުރުވެ، 47,902 މެޓްރިކްޓަނަށް އަރާފައިވެއެވެ. މީގެ އިތުރުން ޕްރޮސެސްކޮށްގެން އެކްސްޕޯޓްކުރާ މަހާއި ކަނޑުމަސް ނޫން އެހެނިހެން ފިނިކުރި ތާޒާ މަހުގެ އެކްސްޕޯޓް ވެސް ވަނީ އިތުރުވެފައެވެ.

މަސްވެރިކަމުގެ ސިނާއަތު ފުޅާކޮށް، ގައުމީ އިގްތިސާދުގައި މި ސިނާއަތުގެ ދައުރު ބޮޑުކުރުމަށް ސަރުކާރުން މިހާރު ވެސް އަމާޒު ހިފާފައިވެއެވެ. ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މަސް ޕްރޮސެސިން ކެޕޭސިޓީ ނުވަ ގުނަ އިތުރުކުރުމަށް މަސައްކަތްކުރާކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި މަސް ރައްކާކުރުމާއި ޕްރޮސެސްކުރުމުގެ ވަސީލަތްތައް ފުޅާކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް އެމިނިސްޓްރީން ހާމަކުރެއެވެ. މި ތަރައްގީގެ ނަތީޖާއަކީ ދިވެހި މަސްވެރިންނަށް ފައިދާ ލިބި، ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވުން ކަމަށް ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް