ads
މޯލްޑިވިއަންގެ އެއާބަސް އޭ330 ބޯޓު ނުވަތަ އެ ކުންފުނީގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް
ބޮޑު ޗުއްޓީގައި މޯލްޑިވިއަން ބެންކޮކަށް، އަގު 399 ޑޮލަރު
ބޮޑު ޗުއްޓީއާ ދިމާކޮށް ގައުމީ އެއާލައިން މޯލްޑިވިއަނުން ބެންކޮކާއި މެލޭޝިޔާއަށް ދަތުރުތަކެއް ބާއްވަން ނިންމައިފިއެވެ.
Advertisement

ސްކޫލް ބަންދާއި ދިމާކޮށް މޯލްޑިވިއަނުން ބެންކޮކަށޤ ކުރާ ދަތުރުގެ ޓިކެޓްގެ އަގަކީ 399 ޑޮލަރެވެ. އެ ދަތުރުތައް އޮންނާނީ ޑިސެމްބަރު 23 އިން ޖަނަވަރީ 13 އަށް ކޮންމެ ހަފްތާއެއްގެ އަންގާރަދުވަހުއެވެ.

މެލޭޝިޔާއަށް ބޡާއްވާ ދަތުރުތަކުގެ ޓިކެޓްގެ އަގަކީ 355 ޑޮލަރެވެ. މެލޭ ދަތުރުތައް އޮންނާނީ ޑިސެމްބަރު 21 އިން ޖަނައަރީ 11 އަށް ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުއެވެ. 

ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނީ މި ދަތުރުތަކަށް ބުކްކުރުމުގެ ފުރުސަތު މިހާރު މޯލްޑިވިއަނުން ބުނީ އެ ކުންފުނީގެ ވެބްސައިޓު އަދި މޯބައިލް އެޕް މެދުވެރިކޮށް ޓިކެޓް ބުކްކުރެވޭނެކަމަށެވެ. އަދި އިތުރު މައުލޫމާތު ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމުން ލިބޭނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް