
ބޭރުމަގުގެ ފުޅާކުރަން ބޮޑު ފާލަމާއި ހަމައަށް ޝީޓްޕައިލް ޖެހުމުގެ މަސައްކަތް ކުރަނީ
ބޭރުމަގުގެ ފުޅާކުރަން ބޮޑު ފާލަމާއި ހަމައަށް ޝީޓްޕައިލް ޖަހާ ނިންމައިފި
މުހައްމަދު އާދަމް އަހްމަދު
08 ސެޕްޓެމްބަރ 2025 - 13:12:22
ބޮޑުތަކުރުފާނު މަގު ފެންވަރު ރަނގަޅުކޮށް ހަދާ މަގު ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ރަސްމީ ފަލަމާއި ހަމައަށް ޝީޓް ފައިލް ޖަހާ ނިންމާލައިފިއެވެ.
އެމްޓީސީސީން ބުނޭ ބޮޑުތަކުރުފާނު މަގު ފެންވަރު ރަނގަޅުކޮށް ހަދާ މަގު ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން 137 މީޓަރުގެ ސަރަހަދެއްގައި ޝީޓް ޕައިލްކޮށް ނިންމާފައިވާކަމަށެވެ.
ބޭރުމަގުގެ ފުޅާކުރަން ބޮޑު ފާލަމާއި ހަމައަށް ޝީޓްޕައިލް ޖެހުމުގެ މަސައްކަތް ކުރަނީ
މަޝްރޫއު ނިމޭއިރު މާލޭ އުތުރު ފަރާތު ބޮޑު ތަކުރުފާނު މަގު 4 ލޭނުގެ މަގަކަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ހަދާނެކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ވަނީ ބުނެފައެވެ. މަގުގެ ގާތްގަނޑަކަށް 830 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅަން ވަނީ ނިންމާފައެވެ. އެއީ ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށެވެ.
އެއްއަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 144 މިލިއަން ރުފިޔާއަށެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް