ads
ސައުދީން އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ހަދިޔާކުރުން
ސައުދީން ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ހަދިޔާކޮށްފި
ސައުދީ އަރަބިއްޔާގެ އަލް އިމާމު މުހައްމަދު އިބްނު ސައުދު އިސްލާމިކް ޔުނިވަރސިޓީން، ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ހަދިޔާކޮށްފިއެވެ.
Advertisement

މިއީ ރާއްޖޭގެ އިލްމީ ދާއިރާ ތަރައްގީކުރުމަށް ސައުދީ އަރަބިއްޔާއިން ދެއްވި ދީލަތި އެހީއެކެވެ. 

މިކަމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެ ޔުނިވަރސިޓީގެ ފަރާތުން ފޮތްތައް ހަވާލުކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސައުދީ ސަފީރު ހިޒް އެކްސެލަންސީ ޔަހްޔާ ހަސަން އަލްގަހްތާނީ އާއި އެ ޔުނިވަރސިޓީގެ ޑިރެކްޓަރު ހިޒް އެކްސެލަންސީ ޑރ. ސާލިހް ބިން ސުލައިމާން އަލް އަރަޖާއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، މިނިސްޓްރީގެ ފަރާތުން އެ ފޮތްތަކާއި ހަވާލުވެވަޑައިގަތެވެ. 

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، "މިއީ ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް އަހުވަންތަ ގުޅުން ރަމްޒުކޮށްދޭ މުހިއްމު ކަމެއް،" ކަމަށެވެ. އަދި މިއީ "ރާއްޖޭގެ އިލްމު އުނގެނޭ ދަރިވަރުންނަށާއި ދިރާސާކުރާ ފަރާތްތަކަށް ހިދުމަތްކުރުމަށާއި، އިލްމާއި މައުރިފާ އާލާކުރުމަށް ސައުދީ އަރަބިއްޔާއިން ދެއްވާ އަހަންމިއްޔަތުކަމުގެ ހެއްކެއް،" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ، އިމާމް މުހައްމަދު ބިން ސައޫދު އިސްލާމިކް ޔުނިވަރސިޓީއަށާއި، އެ ޔުނިވަރސިޓީގެ ފަރާތުން ރާއްޖޭގައި ގާއިމްކޮށްފައިވާ އިންސްޓިޓިއުޓް އޮފް އިސްލާމިކް އެންޑް އަރަބިކް ސައިންސްއިން މި އަގުހުރި ހަދިޔާއަށްޓަކައި އިހްލާސްތެރި ޝުކުރާއި ތައުރީފު ދަންނަވާ ކަމަށެވެ. 

ސައުދީ ސަރުކާރުން ރާއްޖެއާއި މެދު ބަހައްޓަވާ ގާތްކަމަށްޓަކައި، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއަށާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް އަދި ސައުދީ ސަރުކާރަށާއި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ އިސްވެރިންނަށް ވެސް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ. މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީގެ ފަރާތުން ހާއްސަ ހަނދާނީ ލިޔުމެއް އެ ޔުނިވަރސިޓީއަށް ވަނީ އަރުވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް