
ނަޝީދު އެކްސް ކުރެއްވި ޕޯސްޓެއްގައި ވާ ގޮތުން ކޮރަޕްޝަން އަދި ހިންގަން ނޭންގުމުގެ ސަބަބުން ގައުމު ދަރަނިވެރިވެފައިވާ ނަމަ ގައުމުގެ ހާލަތު ދާނީ ދަށަށް ކަމަށެވެ.
ނޭޕާލްގެ މިހާރުގެ ހާލަތަށް އިޝާރާތް ކުރައްވާ އަންނި ވިދާޅުވީ މިފަދަ ކަންކަމުގެ ސަބަބުން ގައުމުގެ ހާލަތު ދަށަށް ގޮސްފިނަމަ ވެގެން ދާނީ އެ ގައުމަށް ވެގެން ދިޔަ ގޮތް ކަމަށެވެ.
އެ މަނިކުފާނު ފާހަގަ ކުރެއްވި ގޮތުގައި ކުރިއަރާފައިވާ ގައުމުތަކުން އެ ގައުމުތަކުގެ ދަރަނިތައް ސްޓަރަކްޗާ ނުކެރެވިއްޖެ ނަމަ އެގައުމުތަކުގައި ވެސް މުޒާހަރާތަކާއި ސަރުކާރާއި ދެކޮޅު އެއްވުންތައް ގިނަވެގެންދާނެ އެ ގައުމުތަކުގައި ވެސް އިތުރު ވެގެން ދާނެ ކަމަށެވެ.
ނަޝީދު ވަނީ ދުނިޔޭގެ އެކި ގައުމުތަކުން ހޭލުމަށް ގޮވާލާފައި އެވެ. ނުހޭލައިފިނަމަ އެ ގައުމުތަކުގައި ހަމަ ނުޖެހުންތައް އިތުރުވެ ގައުމުގެ ވެރިކަން ރައްޔިތުން ނިކުމު ވައްޓާލުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައި އެވެ.
ނަޝދު މިފަދައިން ވިދާޅުވިއިރު ކޮރަޕްޝަނާއި ވައްކަން ފޮރުވަން ހިޔާލު ފާޅުކުރުން ހަނިކުރަން ސޯޝަލް މީޑިއާ މަނާކުރާ ބިލެއް ފާސްކުރުމުން ނޭޕާލްގެ މަސްރަޙު ހަލަބޮލިވެ، އެ ގައުމުގެ ރައީސާއި ބޮޑުވަޒީރު ވެސް އިއްޔެ ވަނީ އިސްތިއުފާދެއްވާފަ އެވެ. އޭގެ ކުރިން އަވައްޓެރި ސްރީލަންކާއާއި ބަންގްލަދޭޝްގެ ވެރިކަން ވެސް ވެއްޓުނެވެ.