ads
އައިފޯން އެއާ: މިއީ އެޕަލްއިން ނެރުނު އެންމެ ތުނި ފޯނު
އެންމެ ތުނި އަދި އެންމެ ވަރުގަދަ ފޯނާއިއެކު އެޕަލްގެ ފަހުގެ އުފެއްދުންތައް ނެރެފި
އެޕަލް ކުންފުނީގެ އާ އައިފޯން ލައިންއަޕް، އައިފޯން 17 އެކު އެޕަލްގެ ފަހުގެ އުފެއްދުންތައް މިރޭ ނެރެފި އެވެ.
Advertisement

މީޑިއާ ރިޕޯޓްތަކަށް ބަލާއިރު، އައިފޯން 17 ސީރީސްގެ އަގުތައް ފެށިގެންދަނީ 799 ޑޮލަރުގަ އެވެ. އައިފޯން އެއާގެ އަގު ފެށިގެންދަނީ 999 ޑޮލަރުގަ އެވެ. އައިފޯން 17 ޕްރޯގެ އަގު ފެށިގެންދަނީ 1099 ޑޮލަރުގައި ކަމަށްވާއިރު، 17 ޕްރޯ މެކްސްގެ އަގު ފެށިގެންދަނީ 1199 ޑޮލަރުގަ އެވެ. އައިފޯން 17 ޕްރޯ މެކްސް ގައި 2ޓީބީގެ ކޮންފިގަރޭޝަން ވެސް ލިބެން ހުންނާނެއެވެ.

އައިފޯން 17 ގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ކެމެރާއަށް ގެނެސްފައިވާއިރު، މި ފޯނުގައި 48 މެގާޕިކްސެލްގެ ފިއުޝަން އަލްޓްރާ ވައިޑް ކެމެރާއެއް ހިމެނެ އެވެ. މީގެ އިތުރުން 12 މެގާޕިކްސެލްގެ 1އެކްސް މެކްރޯ ކެމެރާއަކާއި، 48 މެގާޕިކްސެލްގެ ފިއުޝަން މެއިން ކެމެރާއެއްވެސް ހިމެނެ އެވެ.

މި ހުރިހާ ފޯނަކަށް ވެސް ހުކުރު ދުވަހުން ފެށިފެން ޕްރީއޯޑާކުރެވޭނެ އެވެ. އަދި މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން ލިބޭނެ އެވެ. 

your imageއައިފޯން 17

އެޕަލް އިން މިހާތަނަށް އުފެއްދި އެންމެ ތުނި ފޯނާއި އެންމެ ވަރުގަދަ ފޯނާ އެކު އެ ކުންފުނިން ދެން ދައްކާލި އާ ބައެއް އުފެއްދުންތަކަކީ

  • އެޕަލް ވޮޗް ސީރީސް 11
  • އެޕަލް ވޮޗް އެސްއީ 3
  • އެޕަލް ވޮޗް އަލްޓްރާ 3
  • އައިފޯން 17
  • އައިފޯން އެއާ
  • އައިފޯން 17 ޕްރޯގެ އިތުރުން ބޮޑެތި ސައިޒު ކަމަށްވާ ޕްރޯ މެކްސް

your imageއެޕަލް ވޮޗް ސީރީޒް 11

އެޕަލް އިން މިރޭ ބޭއްވި އިވެންޓުގައި އެ ކުންފުނީގެ ސީއީއޯ، ޓިމް ކުކް ވިދާޅުވީ، ނެރުނު އެއާޕޮޑްސް ޕްރޯ 3 އާއި އެޕަލް ވޮޗް ސީރީސް 11 އާއި އައިފޯން 17 ޕްރޯ އަކީ މިހާތަނަށް އެކުންފުނިން އުފެއްދި އެންމެ ކާމިޔާބު، އަދި އެންމެ ފީޗާސްތައް ގިނަ، ވަރުގަދަ ފޯނު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް