ads
ކ. ހުރާއިން އަތުލައިގެން ބިދޭސީންތައް މާލެ ގެންނަން ގެންދަނީ
ބިދޭސީންނަށް އިހްމާލުވާ ފަރާތްތައް އާއްމުކޮށް، ޖޫރިމަނާކުރަނީ
ބިދޭސީ މުވައްޒަފަކު ގެނައުމަށްފަހު އެފަރާތާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތައް އާއްމުކޮށް އަންނަ ހޯމަ ދުވަހުން ފެށިގެން ޖޫރިމަނާކުރަން ފަށާނެކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
Advertisement

ހޯމް މިނިސްޓްރީން ބުނީ ބިދޭސީންނަށް އިހުމާލުވާ ފަރާތްތަކަށް، ވަޒީފާއާބެހޭ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހާ އެއްގޮތަށް ފިޔަވަޅު އަޅައި، އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެ ކަމަށެވެ. 

އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ހށލަތްތަކުގައި ނުހިމެނޭ ކަންކަމުގައި، 100،000  ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށްވެސް ހޯމް މިނިސްޓްރީން ކުރި އިއުލާންގައި ވެއެވެ. 

ހޯމް މިނިސްޓްރީ ބުނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން، އެކްސްޕެޓް ޕޯޓަލް މެދުވެރިކޮށް ފިޔަވަޅު އަޅަމުން ގެންދާނެކަމަށެވެ. އަދި ވަޒީފާދޭ ފަރާތުން ޖޫރިމަނާގެ ފައިސާ ދައްކާ ހަލާސް ކުރުމުން މެނުވީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިތުރު އެއްވެސް ހިދުމަތެއް ފޯރުކޮށް ނުދެވޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް