ads
ގެދޮރުވެރިޔާ ފްލެޓުތައް: ފޮޓޯ ވަން
ފުރަތަމަ ތަޅުދަނޑި ހަވާލުކުރާނީ އަމާން އުދަރެސްގެ 14 ޓަވަރުގެ
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް މިހަފުތާ ތެރޭގައި ފަށާއިރު،، މި މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ހަވާލުކުރާނީ އަމާން އުދަރެސް މަޝްރޫޢުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅިފައިވާ 14 ޓަވަރުގެ ފްލެޓްތައް ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
Advertisement

މިގޮތަށް ހަމަޖެހިފައިވަނީ ނިމިފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށްވެސް އެފްޑީސީން ބުންޏެވެ. 

ދައުލަތުގެ މީޑިއާ މެދުވެރިކޮށް، އެފްޑީސީން ބުނި ގޮތުގައި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ހަވާލުކުރާނީ ހައުސިން މިނިސްޓްރީން ނަން ފޮނުއްވާފައިވާ ފަރާތްތަކުގެ ތެރެއިން، އެއްބަސްވުމުގައި ސޮއިކޮށް، ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ މީހުންނަށެވެ. އަދި ޓަވަރުތަކުގެ މަސައްކަތް ނިމި، ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދައްކަމުންދާވަރަކުން، އެ ތަރުތީބުން ފްލެޓްތައް ހަވާލުކުރުން ކުރިއަށްދާނެއެވެ. މިހާތަނަށް 3000 އަށްވުރެ ގިނަ ފަރާތްތަކުން ވަނީ ފްލެޓްގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ފްލެޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި، ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15,000 ރުފިޔާ އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25,000 ރުފިޔާ އެއްފަހަރާ ދައްކަން ޖެހެއެވެ. ނަމަވެސް ޑިޕޮސިޓް ދެއްކުމަށް ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ. މީގެ އިތުރުން ސަރުކާރުން ވަނީ ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދިނުމަށް ނިންމާފައެވެ. އެގޮތުން، ތިން ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު 9,000 ރުފިޔާ އާއި ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 7,000 ރުފިޔާއަށް ކުލި ކުޑަކޮށްދިނުމަށް ވަނީ ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް