ads
މީޑިއާ ބިލް ކޮމިޓީން ނޫސްވެރިން މިއަދު ގަދަކަމުން ނެރެނީ
މީޑިއާ ބިލް ކޮމިޓީ މިއަދުވެސް ސިއްރުކޮށް، ނޫސްވެރިން ގަދަކަމުން ނެރެފި
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް މީޑިއާތައް "ކޮންޓްރޯލް"ކުރާ ބިލުގެ ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދުގެ ބައްދަލުވުންވެސް ސިއްރުކޮށްފިއެވެ.
Advertisement

މީޑިއާ މިނިވަންކަން ހަނިކުރަން މަޖިލިހަށް ހުށައެޅީ ސަރުކާރަށް ތާއިދުކުރާ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުއްހަންނާން އަބޫބަކުރުއެވެ. އެ ބިލާއި ދެކޮޅަށް ނޫސްވެރިން އަޑު އުފުލަމުންދަނިކޮށް ސަރުކާރު ހިންގާ ޕީއެންސީ މިއަދު ވަނީ އެބިލު މަޖިލިހަށް ބަލައިގަނެފައެވެ. ބިލް ބަލައިގަތީ ޕީއެންސީގެ 49 މެމްބަރުންގެ ވޯޓުންނެވެ. ބިލާއި ދެކޮޅަށް ވޯޓް ދެއްވީ އިދިކޮޅު 12 މެމްބަރުންނެވެ.

ބިލު ބަލައިގަނެ ކޮމިޓީ މަރުހަލާ ކުރިއަށް ގެންދާނީ މަޝްވަރާ އާއި ހިޔާލު ހޯދައިގެން ކަމަށް ސަރުކާރުން ކުރިން ބުނި ނަމަވެސް، އެކަމަށް މިއަދު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ވަނީ ސިއްރުކޮށްފައެވެ. މީގެކުރިން އިއްޔެ ބޭއްވި ކޮމެޓީ ބައްދަލުވުންވެސް ގެންދިޔައީ ސިއްރުކޮށްގެންނެވެ. 

ކޮމިޓީއަށް ސިއްރުކުރަން ނިންމުމުން ކޮމެޓީއަށް ހާޒިރުވެ ތިބި ނޫސްވެރިން ވަނީ 

ބައްދަލުވުން ސިއްރުކުރަން ނިންމީ މަޖިލީހުގެ ގަވައިދުގެ ކޮން މާއްދާއަކާ ހަވާލާދީތޯ އެ ކޮމެޓީގެ މުގައްރިރު އަދި ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން ރިޒާއާ ސުވާލުކޮށްފައެވެ.  ނަމަވެސް އެ ސުވާލަށް އޭނާ ޖަވާބެއް ނުދެއްވާ އެވަގުތު ކޮމެޓީގައި ތިބި ނޫސްވެރިން ވަބީ ގަދަކަމުން ކޮމެޓީން ނެރެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް