ހަބަރު /

ހިޝާން
ބައެއް ކުދިންނަށް ގޯނާކުރިކަމުގެ ހެކި ހިސާން މައްޗަށް ހުރި: ޕީޖީ
މުހައްމަދު އާދަމް އަހްމަދު
11 ސެޕްޓެމްބަރ 2025 - 14:21:06
އާއްމު އިޖްތިމާއި ހިދުމަތްތެރިއެއްގެ ގޮތުގައި މަޝްހޫރުވި އަހުމަދު ހިޝާން، ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާކުރެވޭ ވަރަށް ހެކިތައް ހުރިކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.
ޕިޖީ އޮފީހުން ބުނީ ހިސާން މައްޗަށް ދައުވާ ނުކުރީ ހެކި ނެތިގެން ނޫންކަމަށާއި ދައުވާ ކުރުމުގެ މުއްދަތު ފަހަނައަޅައި ދިއުމުން ކަމަށެވެ. އެ އޮފީހުން ބުނީ ހިޝާންގެ މައްސަލަ ތަހުގީގުކުރުމަށް ފަހު، ދައުވާ ކޮށްދޭން އެދި ފޮނުވީ 2020 ވަނަ އަހަރުކަމަށެވެ.
އޭރު ލިބިފައި ހުރި ހެކިތަކަށް ބަލާއިރުވެސް ދައުވާ ކުރެވޭ ވަރަށް ބައެއް ކުދިންނާ ގުޅޭ ގޮތުން ހެކި ހުރި ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ޕީޖީ އޮފީހުން ބުނީ ހިސާން މައްޗަށް ދައުވާ ނުކުރެވުނީ އެކަންކަން ހިނގިތާ އަށް އަހަރަކަށް ވުރެ ގިނަ ދުވަސްވުމުންނެވެ. ހިސާން މައްޗަށް ކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާގެ ތުހުމަތެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް