ads
'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން އިމާރާތްކުރަމުން އަންނަ 4،000 ފްލެޓްގެ ބައެއް ޓަވަރުތައް
ފްލެޓްތައް ހަވާލު ކުރަން ފަށައިފި، ތަޅުދަނޑި ބަލާ ދާން އެސްއެމްއެސް އެއް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ތަރައްގީ ކުރާ 4،000 ފްލެޓު ލިބޭ މީހުންނާ ތަޅުދަނޑި ހަވާލުކުރަން ފަށައިފިއެވެ.
Advertisement

އެފްޑީސީން  ބުނީ 4،000 ހައުސިން ޔުނިޓު ލިބޭ ފަރާތްތަކަށް ޔުނިޓު ހަވާލުކުރުމުގެ މަސައްކަތް ފަށާ  އެ ކޯޕަރޭޝަންގެ ޕޯޓަލް އަދި އެސްއެމްއެސްގެ ޒަރިއްޔާ އިން ތަޅުދަނޑި ހަވާލު ކުރުމަށް ތާވަލު ކުރާނެ ކަމަށެވެ. 

ފްލެޓް ވެރިފަރާތްތަކުގެ ތެރެއިން ފުރަތަމަ ތަޅުދަނޑި ހަވާލުކުރާނީ އަމާން އުދަރެސް މަޝްރޫޢުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅިފައިވާ 14 ވަނަ ޓަވަރުގައި ހުރި ފްލެޓްތަކުގެ ތަޅުދަނޑިކަމަށް އެފްޑީސީން ބުނެއެވެ. 

ފްލެޓްތައް ލިބުނު ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކުރަމުންނެވެ އެގޮތުން މިހާތަނަށް 3،032 އަށް މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

4،000 ފްލެޓު ހަވާލުކުރަން ފެށުމަށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު އެފްޑީސީއިން މިހާރު ވަނީ ހުޅުވާލާފައެވެ. 

އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާ ބައެއް ފަރާތްތަކަށް އެފްޑީސީން ފޮނުވި މެސެޖުގައި ބުނީ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޔުނިޓް ހަވާލުކުރުމުގެ ކުރިން ދައްކަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓް އެފްޑީސީގެ ޕޯޓަލުން މިހާރު ދެއްކޭނެ ކަމަށެވެ.

ފްލެޓްތަކަށް ޑިޕޮސިޓް ފައިސާ ދައްކަންޖެހޭނީ އެއްފަހަރާއެވެ. އެހެންނަމަވެސް ޑިޕޮސިޓް ދެއްކުމަށް ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ.

4000 ފްލެޓްގައި ހިމެނޭ ދެ ކޮޓަރީގެ އެޕާޓްމަންޓުކުގެ ކުއްޔަކީ 8،000 ރުފިޔާއެވެ. އޭގެތެެރޭގައި މެއިންޓެނަންސް ފީގެ ގޮތުގައި 1،000 ރުފިޔާ ހިމެނެއެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހެނީ 15،000 ރުފިޔާއެވެ.

ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ކުއްޔަށް ދެނީ 11،000 ރުފިޔާ އަށެވެ. އެއީ މެއިންޓެނަންސް ފީގެ ގޮތުގައި 1،500 ރުފިޔާ ހިމަނައިގެންނެވެ. އެ އެޕާޓްމަންޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓަށް ދައްކަން ޖެހެނީ 25،000 ރުފިޔާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް