
ފުލުހުން
ޓެރަރިޒަމް މައްސަލައެއްގައި މާލޭގެ ތަންތަން ބަލާ ފާސްކުރަނީ
މުހައްމަދު އާދަމް އަހްމަދު
11 ސެޕްޓެމްބަރ 2025 - 15:08:25
ޓެރަރިޒަމާއި ގުޅުން ހުރި މައްސަލައެއްގައި މާލޭގެ ތަންތަން ބަލާ ފާސްކުރަން ފުލުހުން އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުން ބުނީ ޝަރީއަތް ހިނގަމުންދާ މައްސަލައެއްގެ ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގުގައި މާލޭގައި އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ. މި އޮޕަރޭޝަނުގައި މިއަދު ހެނދުނުން ފެށިގެން މާލޭގެ އެކި ސަރަހައްދުތައް ފުލުހުން އަންނަނީ ބަލައި ފާސްކުރަމުންނެވެ.
އެހެންނަމަވެސް މި އޮޕަރޭޝަންގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން އޮޕަރޭޝަނެއް ހިންގަމުން އަންނަނީ ތ. ތިމަރަފުށިން މީގެ ފަސް އަހަރު ކުރިން ހައްޔަރުކުރި މީހަކު، ޝަރީއަތަށް ނުފޫޒުު ފޯރުވާކަމުގެ މައްސަލައެއްގައިކަން ވަނީ އެނގިފައެވެ. އެމީހަކީ 2020 ވަނަ އަހަރުގެ ފަހުކޮޅު ތިމަރަފުށީ ސްކޫލު ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ދައުވާ ކޮށްފައިވާ މީހެއްކަން ވަނީ އެނގިފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް