ads
މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި 82 މިލިއަން ރުފިޔާ
މިދިޔަ މުދަލު ޒަކާތުގެ ގޮތުގައި 82 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
Advertisement

މިރާއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މުދަލުގެ ޒަކާތުގައި ލިބުނު އަދަދު މިދިޔަ އަހަރުގެ އޮގަސްޓްމަހާ އަޅާ ކިޔާއިރު 11 އިންސައްތަ އިތުރުއެވެ. މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 73.8 މިލިއަން ރުފިޔާ އެވެ.

މި އަހަރުގެ މުދަލުގެ ޒަކާތުގައި ގޮތުގައި ފަގީރުންގެ ކޮންމެ ބޮލަކަށް 5000 ރުފިޔާ ބަހާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީރާއިން ހިއްސާކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު 101.9 މިލިއަން ރުފިޔާއަކީ ރާއްޖޭގެ ތާރީހުގައި އެއް އަހަރެއްގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އެންމެ ބޮޑު އަދަދެވެ.

މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ އަދަދަށް އެންމެ ފަހުން ބަދަލު ގެނައީ މިދިޔަމަހު އެވެ. އެ ގެނައި ބަދަލާއި އެކު މިހާރު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 11,191.95 ރުފިޔާ އެވެ.

އެމީހެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރު ވުމުން ޝަރުއީ ހަމަތަކާ އެއްގޮތަށް ޒަކާތް ދައްކަން ޖެހެއެވެ. ޒަކާތް ދައްކަން ޖެހޭނީ އޭގެ 40 ބައިކުޅަ އެއްބަ އެވެ. އެއީ 2.5 ޕަސެންޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް