މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން މީޑިއާއަކުން ހޯދި މައުލޫމާތުގައި ވަނީ މާލޭގެ މޭޔަރެއްގެ ހައިސިއްޔަތުން ރައީސް މުހައްމަދު މުއިއްޒު އެ ދެ އަހަރު ތެރޭގައި ރާއްޖޭން ބޭރަށް ރަސްމީ ދަތުރުތަކެއް ކުރެއްވިއިރު ޕީޕީއެމްގެ މެޖީރިޓީ އޮތް ކައުންސިލުންވެސް ރާއްޖެއިން ބޭރަށް ދަތުރުތަކެއް ކޮށްފައިވާކަމަށެވެ.
މޭޔަރުކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނަވާ ރާއްޖެއިން ބޭރަށް ރަސްމީ ދަތުރުގެ ގޮތުގައިވަނީ ފަސް ދަތުރެއް ކުރައްވާފައެވެ. މި ދަތުރުތަކަށް ހަތްލައްކަވުރެ މަތިން ވަނީ ހޭދަކޮށްފައެވެ.
މޭޔަރުކަމުގައި ރައީސް މުއިއްޒު ކުރެއްވި ދަތުރުތަކާއި ހަރަދުވިވަރު
2021 އާއި 2022ގައި މާލޭގެ މޭޔަރެއްގެ ގޮތުގައި ރައީސް މުއިއްޒު ހުންނެވިއިރު އެ ކައުންސިލްގެ މެޖޯރިޓީ އޮތީ ޕީޕީއެމް / ޕީއެންސީގައެވެ. އެ ކައުންސިލުންވެސް ވަނީ އެ ދެއަހަރުގެ ތެރޭގައި ރާއްޖެއިން ބޭރަށް ހަތަރު ދަތުރެއްކޮށްފައެވެ. މި ދަތުރުތަކުގައި މޭޔަރު ބައިވެރިވެޑައިގެންފައެއް ނުވެއެވެ.
މާލޭ ސިޓީކައުންސިލުން އޭރު ކުރި ދަތުރުތަކާއި ހަރަދުވި ވަރު
މި ސަރުކާރުން އަންނަނީ ކައުންސިލްތަކުން ރާއްޖެއިން ބޭރަށް ބޭކާރު ދަތުރުކޮށް ބޭކާރު ހަރަދުތައް ކުރަމުން އަންނަކަމަށް ތުހުމަތުކުރަމުންނެވެ. އަދި ޕީއެންސީގެ ސުޕާ މެޖޯރިޓީ އޮތް 20 ވަނަ މަޖިލިސްގެ ބައެއް މެމްބަރުންވެސް ގެންދަވަނީ ކައުންސިލްތަކުން ކޮށްފައިވާ ދަތުރުތަކުގެ ކަންކަން ބެލުމަށް ގޮވާލަމުންނެވެ.