
އެސްޓީއޯގެ އެންމެ ފިނި ހިޓާޗީ ޑީލް ޕްރޮމޯޝަން ފަށައިފި
އެސްޓީއޯގެ އެންމެ ފިނި ހިޓާޗީ ޑީލް ޕްރޮމޯޝަން ފަށައިފި
އަލީ މިދުހަތު
12 ސެޕްޓެމްބަރ 2025 - 14:31:43
އެސްޓިއޯއިން ވިއްކާ ހިޓާޗީ ބްރޭންޑަށް ހާއްސަކޮށް "އެންމް ފިނި ހިޓާޗީ ޑީލް" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަންގައި އެސްޓީއޯއިން ވިއްކާ ހިޓާޗީ އެސީ ތަކުން 1000ރ އަށް ވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ކޫޕަން ބޭނުން ކޮށްގެން ވަރަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކުރިއަށްދާ މި ޕްރޮމޯޝަންގައި ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރި ފަރާތަށް ޝީޝާ ހޮންޑާ ސްޕޯޓްސް އެޑިޝަންގެ އެއާ ބްލޭޑް 125 އެއް ލިބިގެންދާނެ ކަމަށްވެސް އެސްޓީއޯއިން ބުންނެވެ.
މި ޕްރޮމޯޝަންފެށިފައިވަނީ 11 ސެޕްޓެމްބަރ 2025 ވީ ބުރާސްފަތި ދުވަހުއެވެ އަދި ޕްރޮމޯޝަންގެ އެންމެ ފަހު ތާރީހަކީ 11 އޮކްޓޯބަރ 2025 އެވެ. ޕްރޮމޯޝަން ކުރިއަށް ދާނީ 1 މަހުގެ މުއްދަތަކަށެވެ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް