ads
ސީ-މީ-ވީ 6 ގްލޯބަލް ކޮންސޯޓިއަމަށް މަރުހަބާ ދަންނަވައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއީލް ރަޝީދު ވާހަކަ ދައްކަވަނީ - ފޮޓޯ: ދިރާގު
ދިރާގުން އިންތިޒާމްކޮށްގެން ސީމީވީ 6 ގްލޯބަލް ކޮންސޯޓިއަމް މީޓިން ބާއްވައިފި
ސީ-މީ-ވީ 6 ގްލޯބަލް ކޮންސޯޓިއަމް ބައްދަލުވުން ދިރާގުން އިންތިޒާމު ކޮށްގެން ރާއްޖޭގައި ބާއްވައިފި އެވެ.
Advertisement

މި ބައްދަލުވުން އޮތީ މިމަހުގެ ހަތްވަނަ ދުވަހުން 11 ވަނަ ދުވަހަށެވެ. މާލޭގައި ކުރިއަށްދިޔަ މި ބައްދަލުވުންތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މުހިންމު ސްޓޭކްހޯލްޑަރުން ބައިވެރިވެ ސީމީވީ 6 ސަބްމެރިން ކޭބަލް ސިސްޓަމްގެ ކުރިމަގާއި ރާވައިފައިވާ ކަންކަމާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

ސީމީވީ 6 ސަބްމެރިން ކޭބަލް ސިސްޓަމަކީ ދެކުނު އިރުމަތީ އޭޝިއާއާއި މެދުއިރުމައްޗާއި ހުޅަނގު ވިލާތުގެ ގައުމުތައް ގުޅުވައިދޭ މަޝްރޫއެއް ކަމަށާއި، މި ކޭބަލް ސިސްޓަމްގެ ސަބަބުން ހަލުވި އިންޓަނެޓާއި ފެންވަރު ރަނގަޅު މުވާސަލާތީ ހިދުމަތް އެތައް ބަޔަކަށް ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

އެގޮތުން، މި އިންވެސްޓްމެންޓްގެ ސަބަބުން ދެކުނު އޭޝިއާއާއި މެދުއިރުމައްޗާއި ވިލާތުގެ ގައުމުތަކުގެ މުހިންމު އިންޓަނެޓު އެކްސްޗޭންޖް ޕޮއިންޓްތަކާއި ޑޭޓާ ސެންޓަރުތަކުގެ ހިދުމަތްތައް ރާއްޖެއަށް ލިބި، ޑިޖިޓަލް އިގުތިސާދަށް ބޭނުންވާ މުހިންމު ހިދުމަތްތައް ލިބޭނެ ކަމަށް ވެސް ދިރާގުން މައުލޫމާތު ދެއެވެ.

your imageދިރާގުން ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމްގެ ބައްދަލުވުން ރާއްޖޭގައި ބޭއްވުން - ފޮޓޯ: ދިރާގު

ސީމީވީ 6 ކޮންސޯޓިއަމްގެ ބައިވެރިންނަށް މަރުހަބާ ކިއުމަށް ބޭއްވި ހާއްސަ ހަފުލާގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދު ވަނީ މި ކޮންސޯޓިއަމްގެ ބައިވެރިންގެ އަގުހުރި މަސައްކަތް ފާހަގަކުރައްވައި އެ ފަރާތްތަކުން ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ސީމީވީ 6 ކޮންސޯޓިއަމްގައި ދުނިޔޭގެ އެންމެ ވަރުގަދަ ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތައް ހިމެނެ އެވެ.

އޭގެ ތެރޭގައި، ބިޔޯން ބީއެސްސީ (ބަޓެލްކޯ، ބަހްރެއިން) އާއި ބަންގްލަދޭޝް ސަބްމެރިން ކޭބަލްސް ޕްރައިވެޓް ލިމިޓެޑް (ބީއެސްސީސީއެލް، ބަންގްލަދޭޝް) އާއި ބާރްތީ އެއާޓެލް ލިމިޓެޑް (އިންޑިއާ) އާއި ޗައިނާ ޔުނައިޓެޑް ނެޓްވޯކް ކޮމިއުނިކޭޝަންސް ގްރޫޕް ކޮމްޕެނީ ލިމިޓެޑް (ޗައިނާ ޔުނިކޮމް) އާއި ޖިބޫޓީ ޓެލެކޮމް އާއި މައިކްރޮސޮފްޓް (އެމެރިކާ) އާއި މޮބިލީ (ސައޫދީ އަރަބިއްޔާ) އާއި އޮރެންޖް (ފްރާންސް) އާއި ޕީސީސީޑަބްލިއު ގްލޯބަލް، ސިންޓެލް (ސިންގަޕޫރު) އާއި ސްރީ ލަންކާ ޓެލެކޮމް އާއި ޓެލެކޮމް އިޖިޕްޓް އާއި ޓެލެކޮމް މެލޭޝިއާ އާއި ޓެލިން (އިންޑޮނޭޝިއާ) އަދި ޓްރާންސް ވޯލްޑް އެސޯސިއޭޓްސް (ޕާކިސްތާން) ހިމެނެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް