ads
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެކުވެރި ކަނާތުފިޔައިގެ އެކްޓިވިސްޓު ޗާލީ ކާކް މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ފެންނަ ވީޑިއޯތަކުން ނަގާފައިވާ ސްކްރީންޝޮޓްތަކެއް.
ޓްރަމްޕުގެ އެކުވެރި ޗާލީ ކާކްގެ ގާތިލު ކަމަށް ބެލެވޭ މީހާ ހައްޔަރުކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެކުވެރިއެއް ކަމަށްވާ އަދި ކަނާތުފިޔައިގެ ފިކުރު ޕްރޮމޯޓްކޮށް އިޒްރޭލުގެ ދިފާއުގައި އާންމުކޮށް ވާހަކަ ދައްކަމުން ދިޔަ އެމެރިކާގެ އެކްޓިވިސްޓް ޗާލީ ކާކް މަރާލި ހަމަލާ ދިން ކަމަށް ބެލެވޭ މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
Advertisement

ޓްރަމްޕް ވަނީ ކާކްގެ މަރަކީ ގައުމީ ހިތާމައެއް ކަމަށް ކަނޑައަޅުއްވައި ބައި ދަނޑިއަށް ދިދަ ވެސް ތިރިކުރަން އަންގަވާފަ އެވެ. އަދި، ކާކްއަށް ގައުމުގެ އެންމެ މަތީ މަދަނީ ޝަރަފު ކަމަށްވާ ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމްގެ ޝަރަފް ދޭނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ޔޫޓާއަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ރޮބިންސަން ހައްޔަރުކުރީ ހަމަލާ ދިން ކަމަށް އޭނާގެ ބައްޕަ ގާތު ބުނުމާ އެކު އޭނާ ގެންގޮސް ފުލުހުންނާ ހަވާލުކުރުމުން ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.

ޔުނިވަސިޓީގެ އިމާރާތެއްގެ ފުރާޅުމަތީ އޮވެ ފޮނުވާލި ހަމައެކަނި އުންޑަ ކާކްގެ ކަނދުރާއަށް އަރައި ހިނދުކޮޅެއްގެ ތެރޭގައި ވަނީ މަރުވެފަ އެވެ.

"އޭނާއާ ވަރަށް ގާތް މީހަކު ވަނީ އޭނާ ގޮވައިގެން ގޮސް ފުލުހުންނާ ހަވާލުކޮށްފައި،" ފޮކްސް ނިއުސްގެ ލައިވް ސްޓޫޑިއޯ އިންޓަވިއުއެއްގައި ޓްރަމްޕު ވިދާޅުވި އެވެ.

ޓްރަމްޕު ވިދާޅުވި ގޮތުގައި، ތުހުމަތުކުރެވޭ މީހާ ކަމާބެހޭ ފަރާތްތަކާ ހަވާލުކުރީ ތަންފީޒީ އިދާރާތަކާ ކުރިން ގުޅުން އޮތް މީހެއް ކަމަށެވެ.

your imageޗާލީ ކްލާކް މަރުވުމާ ގުޅިގެން އެމެރިކާގައި ހިތާމަ ފާޅުކުރަނީ - ފޮޓޯ: ރޮއިޓާސް

އުމުރުން 31 އަހަރުގެ ކާކް ލިންކްޑްއިން އެކައުންޓުން ބުނާ ގޮތުގައި އޭނާއަކީ އެގައުމުގެ އެންމެ ބޮޑު ގައުމީ ދަރިވަރުންގެ ކޮންޒަވޭޓިވް ޖަމިއްޔާތަކުގެ ތެރެއިން އެއް ޖަމިއްޔާ ކަމަށްވާ "ޓާނިން ޕޮއިންޓް ޔޫއެސްއޭ"ގެ ފައުންޑާ އަދި އެގްޒެކެޓިވް ޑިރެކްޓަރެވެ.

"ޓާނިން ޕޮއިންޓް ޔޫއެސްއޭ"އަކީ މިނިވަން މާކެޓްތަކާއި، ލިމިޓެޑް ސަރުކާރުގެ އުސޫލުތައް ކުރިއެރުވުމަށް ޒުވާނުން ދެނެގަނެ، އިންތިޒާމުކޮށް، ބާރުވެރިކުރުވުމަށް ޚާއްސަ ހަރަކާތްތައް ހިންގުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް