ads
ވަގަށް ސިނގިރޭޓް ވިއްކަނިކޮށް އަތުލައިގެން ބިދޭސީ މީހާ އަތުން ފެނުނު ފައިސާއާއި ސިނގިރޭޓްތައް
ވަގަށް ސިނގިރޭޓް ވިއްކާ ބިދޭސީއެއް، ބައި ލައްކަ ރުފިޔާއާ އެކު ހައްޔަރުކޮށްފި
ވަގަށް ސިނގިރޭޓް ވިއްކަމުންދިޔަ ބިދޭސީއެއް ގިނަ އަދަދެއްގެ ފައިސާއާއެެކު ހައްޔަރުކޮށްފިއެވެ.
Advertisement

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކުރީ އެމްޑީ ސައްދާމު ހުސައިން ކިޔާ 32 އަހަރުގެ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެއްކަމަށެވެ. 

ފުލުހުން ބުނީ މީނާ އަތުލައިގަތީ ހުޅުމާލެ ފޭސް އެކެއްގެ ކަންނެލި ޖެޓީ ކައިރިން ދިޔަ އިރު އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކުވެގެން ބަލައި ފާސްކުރުމަށް ފަހުކަމަށެވެ. 

އޭނާ ގެންގުޅުނު ތަލެތި ބަލާ ފާސްކުރިއިރު އޭނާ އަތުން 53،000 އަށްވުރެ ގިނަ ރުފިޔާފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ގިނަ އަދަދެއްގެ ސިނގިރޭޓު ފޮއްޓާއި، ދުންފަތާއި، ސިނގިރޭޓު ފިލްޓަރާއި، ރިޒްލާ ވެސް އޭނާ އަތުން ފެނުނު ކަމަށް ފުލުހުން ބުނެއެވެ. އޭގެ އިތުރުން ސިނގިރޭޓު އަނބުރަން ބޭނުންކުރާ ފޮއްޓެއް ފެނުނު ކަމަށްވެސް ފުލުހުން ބުނެެއެވެ.

your imageވަގަށް ސިނގިރޭޓް ވިއްކަނިކޮށް އަތުލައިގެން ބިދޭސީ މީހާ

އެހެންވެ، ގަވައިދާ ހިލާފަށް ސިނގިރޭޓު ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެ ފައެވެ. 

ދުންފަތުގެ އެއްވެސް ވިޔަފާރިއެއް ހުއްދަ ނެތި ރާއްޖޭގައި ކުރުމަކީ މަނާކަމަކެވެ. އެ ވިޔަފާރިކުރަން ލައިސަންސެއް ނަގަން ޖެހޭ ގޮތަށް ގާނޫނު ބަދަލުކުރުމުން ފަހަކަށް އައިސް ސިނގިރޭޓް އެތެރެކުރުމާއި ވަގަށް ސިނިގިރޭޓް ވިއްކުން ވަނީ އިތުރުވެފައެވެ. 

މީގެ ހަތް އަހަރު ކުރިން، އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކޮށް، ކަސްޓަމްގައި ބޮންޑްކޮށްފައިވާ ސިގިރޭޓްތަކެއް ވަގަށް ބޭރު ކުރި މައްސަލައާއި ގުޅިގެން، އޭގެ ޑިއުޓީއަށް 20 މިލިއަން ރުފިޔާ، ދައްކަން އަމިއްލަ ކުންފުންޏެއްގެ މައްޗަށް ސިވިލްކޯޓުން ވަނީ މދިޔަ ހަފްތާގައި ހުކުމްކޮށްފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް