ads
ސީއެޗްއެސްސީގައި އޭލަވަލް ކިޔަވާ ދަރިވަރުންތަކެއް
3،000އަށް ވުރެ ގިނަ ދަރިވަރުންނާ އެކު އޭ ލެވެލްގެ ކިޔެވުން ފަށައިފި
މި އަހަރު އޯ ލެވެލް ނިންމި ދަރިވަރުންގެ ތެރެއިން 3،200 ދަރިވަރުންނާ އެކު އޭ ލެވެލްގެ ކިޔެވުން މިއަދު ފަށައިފިއެވެ.
Advertisement

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގަ އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާއީލް ޝަފީއު ވިދާޅުވީ މަތީ ސާނަވީއަށް ސަރުކާރުން ފަހިކޮށްދެމުންދާ ތަނަވަސް ފުރުސަތާއެކު، މިއަހަރު އޭ-ލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު ބޮޑުތަނުން އިތުރުވެރިފަވާކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ 2023ވަނަ އަހަރު 6700 ދަރިވަރިން އޯލެވެލް ނިންމިއިރު، އޭ ލެވެލްއަށް ކިޔަވަން ވަދެފަވަނީ 2100 ދަރިވަރުންކަމަށެވެ. އެހެންނަމަވެސް މިފަހަރު 6500 ދަރިވަރުން އޯލެވެލް ނިންމިއިރު، 3200 ދަރިވަރުން އޭލެވެލްއަށް ކިޔަވަން ފެށިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

މި އަހަރު އަލަށް ބައެއް ރަށްތަކުގައި އޭލެވެލް ކިޔަވާދޭން ފެށިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިފަހަރު އިތުރު 13 ސްކޫލްގައި އޭލެވެލްއަށް ކިޔަވަން ވަނީ ފަށާފައިވާކަމަށެވެ.  މިހާރު ރާއްޖޭގަ އޭލެވަލްއަށް ކިޔަވަދޭ 66އެއްހާ ސްކޫލް އެބަހުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް