ads
ފުލުހުން އަތުލާފައިވާ މަސްތުވާތަކެތި
އިއުތިރާފު އެއްބަސްވުމުން، އުމުރު ދުވަހުގެ ހުކުމުން ދެބައި ކުޅަ އެއްބައި އުނިކޮށްފި
މަސްތުވާތަކެތި ޓްރެފިކް ކުރި މީހަކު، ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމަމުން، އުމުރު ދުވަހުގެ ޖަލު ހުކުމަކުން، 12 އަހަރާއި ހަ މަސް ދުވަސް އުނިކޮށްފިއެވެ.
Advertisement

މިއީ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޑޮމެސްޓިކް ޓަރމިނަލުން މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މީހެއްގެ މައްސަލައެވެ. މީގެ ހަ އަހަރު ކުރިން ހިނގި މި ހާދިސާގައި ދައުލަތުން ދައުވާ ކުރީ، މާލޭން އުތުރުގެ ރަށެއްގެ މީހެއްގެ މައްޗަށެވެ.

2019 ވަނަ އަހަރު، އެމީހާ ހައްޔަރުކުރީ، ވެލާނާ އެއަރޕޯޓުގެ ޑޮމެސްޓިކް ޓަރމިނަލުން މަސްތުވާތަކެއްޗާއެކުއެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއަށް 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. 

އެކަމަކު، އޭނާ ކުށަށް އިއުތިރާފުވުމުން، އޭނާގެ ހުކުމުން ދެބައި ކުޅަ އެއްބައި ކަނޑައި، އޭނާގެ މައްޗަށް ކުރީ 12 އަހަރާއި ހަ މަހުގެ ހުކުމަކާ، 50،000 ގެ ޖޫރިމަނާއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް