
ރައީސް އެ އިއުލާން ކުރެއްވީ، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް މީޑިއާ ބިލުން، ސޯޝަލް މީޑިއާގައި ފާޅުކުރާ ހިޔާލާ ގުޅިގެން ވެސް ފިޔަވަޅު އެޅޭނެކަމުގެ ކަންބޮޑުވުން ގިނަ އަދަދެއްގެ މީހުން ފާޅުކުރަމުންދަނިކޮށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެ މަނިކުފާނުގެ މެނިފެސްޓޯގައިވާ ވައުދުތަކުގެ ތެރެއިން ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ ކަމަށެވެ.
އެ ލޯން ސްކީމްގެ މަގުސަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެ ދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މި ލޯނު ސްކީމްގެ މަގްސަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށެވެ.
ރައީސްގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކުގެ ތެރޭގައި ޒުވާނުންނަށް ހާއްސަ ކޮށްގެން ގިނަ ކަންތައްތަކެއް ވަނީ ހިމަނައިފަ އެވެ.