ހަބަރު /

ފ. ނިލަންދޫ. ފޮޓޯ: މޯލްޑިވްސް މެގެޒިން ޑޮޓްކޮމް
ނިލަންދޫން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
މުހައްމަދު އާދަމް އަހްމަދު
15 ސެޕްޓެމްބަރ 2025 - 05:49:57
ފ. ނިލަންދޫގައި 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ، ނިލަންދޫން ކުއްޖަކު ގެއްލިގެން އުޅޭ މައްސަލައެއް އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރީ ރޭ 22:15 ހާއިރު ކަމަށެވެ.
އާއިލާއާ ހަވާލާދީ، ފުލުހުން ބުނީ އެ ކުއްޖާ އިއްޔެ ހަވީރު ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވާކަމަށެވެ.
އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ކުރަމުން އަންނަކަމަށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް