ads
ސީއެސްސީގެ ރައީސަކަށް އައްޔަންކުރަން ފާސްކުރި މުޖުތާޒު،(ވ) ނައިބަކަށް އައްޔަން ކުރަން ފޮނުވި ނާސިހު
ސީއެސްސީގެ ރައީސަކަށް މުޖުތާޒު، ނައިބަކަށް ނާސިހު އައްޔަންކުރަން މަޖިލީހުން ރުހުންދީފި
ސިވިލް ސާވިސް ކޮމިޝަނުގެ ރައީސަކަށް މުހައްމަދު މުޖުތާޒް އަދި ނައިބުރައީސަކަށް އެ ކޮމިޝަނުގެ މިހާރުގެ ރައީސް މުހައްމަދު ނާސިހު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
Advertisement

އެ ދެބޭފުޅުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި މުޖުތާޒަށް ރުހުންދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ. 

ނާސިހަށް ރުހުންދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް 65 މެންބަރުންގެ ތެރެއިން 64 މެންބަރުން ވޯޓުދެއްވައިގެންނެވެ. ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ މެންބަރެކެވެ.

ސީއެސްސީގެ ރައީސަކަށް އައްޔަން ކުރައްވަން މަޖިލީހުން ރުހުން ދިން މުޖުތާޒު ސީއެސްސީގެ މެމްބަރުކަމަށް އައްޔަން ކުރެއްވީ މިދިޔަ އޭޕްރީލް މަހު އެވެ.

ނާސިހު އެންމެ ފުރަތަމަ އެކޮމިޝަނަށް އައްޔަންކުރީ 2020 ވަނަ އަހަރު އެވެ. މިއީ އެ ކޮމިޝަންގައި މަސައްކަތް ކުރައްވާ އޭނާގެ ދެވަނަ ދައުރެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް