
މިނިސްޓަރު ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އިންވެޓުގައި 450 އަށް ވުރެން ގިނަ ފަރާތްތައް ބައިވެރިވާން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.
މާދަމާ އޮންނަ އެ ވެބިނާރުގައި ވިޔަފާރިވެރިންނާއި ސްޓާޓަޕްތަކާއި އޮންލައިން ޕްލެޓްފޯމުތަކާއި ލޮޖިސްޓިކް ހިދުމަތްތައް ދޭ ފަރާތްތަކާއި ޕޯސްޓަލް ހިދުމަތް ދޭ ފަރާތްތަކާއި ފްރައިޓް ކުންފުނިތަކުން ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ސައީދު ފާހަގަ ކުރެއްވި އެވެ.
މި ވެބިނާ އަކީ ޗައިނާގެ އަލީބާބާ ގްރޫޕުން ހިންގާ މަޝްހޫރު އޮންލައިން ވިޔަފާރި ޕްލެޓްފޯމް ކަމަށްވާ "އަލީބާބާ ޑޮޓް ކޮމް" ގައި ދިވެހިންނަށް ސެލާ އެކައުންޓް ހުޅުވޭނެ ގޮތް ހަމަޖެހިފައިވާތީ އެކަމާ ގުޅިގެން ބާއްވާ ހާއްސަ ވެބިނާ އެކެވެ.
ސުވާލާއި ޖަވާބު ސެޝަންތަކެއް ހިމެނޭހެން ކުރިއަށް ގެންދާ މި ވޯކްޝޮޕް އޮންނާނީ އަންގާރަ ދުވަހުގެ މެންދުރު 1:00 ޖަހާއިރު ބާސެލޯ ނަސަންދުރާގައެވެ. އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިވޯކްޝޮޕަކީ އިކްނޮމިކް މިނިސްޓްްރީ އާއި ޗައިނާގެ އަލިބާބާ ކުންފުންޏާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ ގުޅިގެން ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.
އަލީބާބާއާ އެކު އިކޮނޮމިކް މިނިސްޓްރީން ކުރާ މަޝްވަރާތަކަކީ ޗައިނާއާ އެކު ރާއްޖެއިން ގާއިމް ކޮށްފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ ދަށުން، ގުޅުން ބަދަހިކުރަން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފަ އެވެ.