ads
ގަތަރުގެ އަމީރާއި ރައީސް މުއިއްޒު ބައްދަލު ކުރައްވަނީ : އިޒްރޭލުން ގަތަރަށް ދިން ހަމަލާއާ ގުޅިގެން ދިވެހިން ގަތަރާއެކު ތިބިކަން ރައީސް ވަނީ ހާމަ ކުރައްވާފައި - ފޮޓޯ:ރައީސް އޮފީސް
ގަތަރުގެ އަމީރާއި ރައީސް މުއިއްޒު ބައްދަލުކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު ގަތަރުގެ އަމީރު ޝައިހު ތަމީމް ބިން ހަމަދު އަލްސާނީއާ ބައްދަލުކުރައްވައިފި އެވެ.
Advertisement

ގަތަރުގެ އަމީރުއާ ރައީސް މުއިއްޒު މިއަދު ބައްދަލު ކުރެއްވީ އަރަބް-އިސްލާމިކް އިމަޖެންސީ ސަމިޓުގައި ބައިވެރިވެޑައިގަތުމަށް ގަތަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލު ކުރެއްވުމުގައި، އިޒްރޭލުން ދާދި ފަހުން ގަތަރަށް ދިން ހަމަލާ ކުށްވެރި ކުރައްވައި އަދި ގަތަރުގެ ރައްޔިތުންނާ އެކު ދިވެހި ސަރުކާރު އޮތްކަން ރައީސް މުއިއްޒު ހާމަކުރެއްވި ކަމަށެވެ.

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ. އަދި ގަތަރުން ރާއްޖެއަށް މިހާރުވެސް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކުރައްވާ ރައީސްވަނީ ޝުކުރު އަދާކުރައްވާ ފައެވެ.

މީގެއިތުރުން ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށާއި މުސްލިމު ދަޢުލަތްތަކުގެ މެދުގައި އެއްބައިވަންތަކަން އޮތުން މުހިއްމުކަން ފާހަގަކުރައްވާފަ އެވެ.

ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރައީސް ޑރ މުހައްމަދު މުއިއްޒު ގަތަރަށް ފުރާވަޑައިގަތީ ރޭގެ ވަގުތެއްގަ އެވެ. މި ސަމިޓްގައި، ރައީސް ބަޔާނެއް އިއްވަވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް