ads
ކުރީގެ ގާޒީ ހަލީމް
ސިވިލް ކޯޓުގެ ކުރީގެ ގާޒީގެ ހަލީމްގެ މައްޗަށް އަނެއްކާވެސް ހުކުމެއް
ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް، ކުއްޔަށް ނަގައިގެން އުޅުނު އެޕާޓްމެންޓަކާ ގުޅިގެން ދައްކަން ޖެހޭ ފައިސާ ނުދައްކައި އޮވެގެން އަނެއްކާވެސް އޭނާގެ މައްޗަށް ހުކުމެއް ކޮށްފިއެވެ.
Advertisement

އިސްލާމިކް ބެންކުން ނަގާފައިވާ ލޯނެއްގެ މައްސަލައިގައިވެސް ކުރިން ހުކުމެއް އިއްވާފައިވާ ހަލީމްގެ މައްޗަށް އެޕާޓްމެންޓަކާ ގުޅިގެން މި ފަހަރު އިއްވި ހުކުމަކީ، މިދިޔަ އަހަރު ފަހުކޮޅު ކުރި ހުކުމަކާ އެއްގޮތަށް ފައިސާ ނުދައްކައިގެން އެ މައްސަލަ ތަންފީޒުކުރަން ކުރި ހުކުމެވެ. 

އެއީ، 2019 ވަނަ އަހަރު ހަލީމް ކުއްޔަން ނެގި އެޕާޓްމެންޓެއްގެ ބިލްތައް ދެއްކުމަށާއި، އެ ތަނުގެ މަރާމާތަށް ދިޔަ ފައިސާއާ ގުޅޭ ހުކުމެކެވެ.

މި މައްސަލައިގައި މިދިޔަ ޑިސެމްބަރު މަހު އިއްވި ހުކުމަކީ ގާތްގަނޑަކަށް 70،000 ރުފިޔާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް ކުރި ހުކުމެކެވެ. އެކަމަކު ރަދުން ރިސޯޓްސް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން، ހަލީމް ކުއްޔަށް ނެގި އެ އެޕާޓްމެންޓާ ގުޅިގެން ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައ އޮތުމުން، އެ ކުންފުނިން ތަންފީޒު މައްސަލަ ހުށަހެޅީއެވެ.

69،019.22 ރުފިޔާ ދައްކަން އޮތް މި ހުކުމާ ގުޅިގެން ތަންފީޒު މަރުހަލާއި ދެ ފަރާތުން މަޝްވަރާކޮށް ނިންމީ، މަހަކު 3000 ރުފިޔާ ދައްކައިގެން މި ދަރަނި ހަލާސް ކުރާށެވެ. އެކަމަކު ދެ މަހު، ފައިސާ ނުދައްކައިފިނަމަ އަލުން ތަންފީޒު މައްސަލަ ހުށަހަޅައި ފައިސާ އެއް ފަހަރާ ހޯދުމަށް އެދުމުގެ ހައްގު އޮންނާނެ ކަމަށް ތަންފީޒު ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރުކަމުން 2019 ވަނަ އަހަރު، ހަލީމްވަނއިސްތިއުފާ ދީފައެވެ. ހަލިމް ފަނޑިޔާރުކަމަށް އައްޔަން ކުރީ 2015 ވަނަ އަހަރުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް