ads
އަރަބި-އިސްލާމިކް ސަމިޓުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ:ރައީސް އޮފީސް
ގަތަރަށް ދިނީ މުޅި އިސްލާމީ އުއްމަތަށް ދިން ހަމަލާއެއް: ރައީސް
ގަތަރުގެ ވެރިރަށް ދޯހާއަށް ޔަހޫދީ ދައުލަތުން ދިން ހަމަލާއަކީ މުޅި އިސްލާމީ އުއްމަތައް ދެވުނު ހަމަލާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ ގަތަރުގައި މިހާރު ކުރިއަށްދާ އަރަބި އިސްލާމީ ގަމުތަކުގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްވި ބަޔާނުގައެވެ.

ގަތަރުގެ ދޯހާގައި ކުރިއަށްދާ އަރަބި-އިސްލާމިކް ސަމިޓްގެ ކުއްލި ބައްދަލުވުމުގައި ވާހަަކަދައްކަވަމުން ރައީސް ވިދާޅުވީ، ގަތަރަށް ދިން ހަމަލާއަކީ އެންމެންނަށް ދިން ހަމަލާއެއް ކަމަަށެވެ. އަދި ގަތަރުގެ ސިޔާދަތާއި ސަލާމަތާއި ރައްކާތެރިކަން ގުޅިފައިވަނީ މިއަދު ގަތަރު ތަމްސީލުކުރާ ކޮންމެ ގައުމެއްގެ ސިޔާދަތާ ކަމަށް ވެސް ރައީސް ވިދާޅުވެފައި ވެއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ގަތަރުގެ ސަރުކާރާއި، ރައްޔިތުންނާއެކު ރާއްޖެއިން ދެމިތިބޭނެ އެވެ.

"ގަތަރަށް ކުރިމަތިވާ ކޮންމެ ހިތާމައަކީ އަޅުގަނޑުމެންނަށް ވެސް ހިތާމައެއް. ގަތަރުގެ އިއްޒަތަކީ އަޅުގަނޑުމެންގެ އިއްޒަތް. ކޮންމެ ކަމެއް ދިމާވިޔަސް މިތިބީ ގަތަރާއެކު ގަތަރުގެ ސަރުކާރާއި، ރައްޔިތުންނާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި، ގަތަރުގެ ސަރުކާރަށާއި ރައްޔިތުންނަށް އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޖެނީވާ ކޮންވެންޝަންއާއި، އދ.ގެ ޗާޓަރާއި، އެތައް ގަރާރުތަކާއި، ބައިނަލްއަގްވާމީ ކޯޓު އޮފް ޖަސްޓިސްގެ ހުކުމްތަކުން ދޭހަވަނީ، އަޅުވެތި ކުރުމާއި، އަދަބު ދިނުމާއި، އާންމުންނަށް ހަމަލާ ދިނުމަކީ ގާނޫނާ ހިލާފު ކަންކަން ކަމަށެވެ.

"އެހެންކަމުން، އަޅުގަނޑުމެންގެ ޖަވާބުދާރީ ވާންޖެހޭނީ ބަހުން ބަޔާން ނުކުރެވޭ މިންވަރަށް. ހަމައެކަނި ކުށްވެރިކަމަކީ ބޮން ގޮއްވާލުން ހުއްޓުވޭނެ ކަމެއް ނޫން ރުޅިވެރިކަން ގާނޫނީ ގޮތުންނާއި، ޑިޕްލޮމެޓިކް އަދި އިންސާނިއްޔަތާ ގުޅޭ ގޮތުން ކޯޑިނޭޓިވް ފިޔަވަޅުތަކަކަށް ބަދަލުކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އދ. އާއި އައިސީޖޭ އަދި ބައިނަލްއަގުވާމީ އެކި އިދާރާތަކުން އިޒްރޭލުން ހަނގުރާމައިގެ ޖަރީމާތަކާއި ގަތުލުއާއްމު ހިންގަމުންދާކަން ހެއްކާ އެކު ބުނަމުންދާއިރު، އިޒްރޭލުން ހިންގާ ޖަރީމާތައް ނުފެންނަ ކަމަށް ހަދައިގެން ތިބެވޭކަށް ނެތެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކުގައި އެއްވެސް މާނައެއް ހުންނާނީ، ހުރިހާ ގައުމުތަކެއްގެ މައްޗަށް ހަމަހަމަކަމާއެކު އެ ގާނޫނުތައް ތަންފީޒުކޮށްގެން ކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން، އިޒްރޭލުގެ ޖަރީމާތައް ހަމައެކަނި ކުށްވެރިކޮށްގެން ނުހުއްޓުވޭނެކަމަށް ވިދާޅުވެ، ރައީސް ވަނީ އިޒްރޭލާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައްވައިފަ އެވެ.

އަދި ދިވެހި ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް، އަބަދުވެސް އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވާނެ ގައުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި މިފަހަރު ސަމިޓަކީ މިއީ ދެކެވޭ ވާހަކަތަކަށްވުރެ ބޮޑަށް އަމަލުތަކުން މިކަން ދައްކުވައިދޭ ސަމިޓަކަށް ހެދުމަށްވެސް ރައީސް ޑރ. މުޢިއްޒު ވަނީ ގޮވާލައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް