
ގަތަރަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ގަތަރު ދަތުރަށްފަހު ރައީސް މުއިއްޒު މާލެ ވަޑައިގެންފި
މުހައްމަދު އާދަމް އަހްމަދު
16 ސެޕްޓެމްބަރ 2025 - 10:26:17
ގަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލެ ވަޑައިގަންނަވައިފިއެވެ.
ރައީސް މުއިއްޒު ގަތަރަށް ވަޑައިގެންނެވީ އަރަބި އިސްލާމީ ގައުމުތަކުގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ އިޒްރޭލުން މިމަހުގެ ނުވަ ވަނަ ދުވަހު ގަތަރުގެ ދޯހާއަށް ދިން ހަމަލާ ކުށްވެރި ކުރައްވާފައެވެ.
ރައީސް ދެއްވި ބަޔާނުގައި ވިދާޅުވީ ޤަތަރުގެ ވެރިރަށް ދޯހާއަށް ޔަހޫދީ ދައުލަތުން ދިން ހަމަލާއަކީ މުޅި އިސްލާމީ އުއްމަތައް ދެވުނު ހަމަލާއެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ފަލަސްތީނުގެ މައްސަލައިގައި ގަތަރު އަދާކުރަމުންދިޔައީ ސުލްހަ ގާއިމްކޮށްދިނުމަށް މެދުވެރިއެއްގެ ދައުރު ކަމަށެވެ. އަދި އެ ގައުމުން ކުރަމުންދާ މަސައްކަތް ބަލައިގަނެ އަގުވަޒަން ކުރަން ޖެހޭ ކަމަށާއި، މިއީ މަސައްކަތާއި މެދު ނުރުހުންވެ އަނިޔާވެރިކަން އިސްކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް