ads
މިނިވަން މުވައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން
ކައުންސެލް ޖެނަރަލްގެ ލަފަޔާ އެކު މީޑިިއާ ބިލު ކޮމިޓީން އަލުން ފާސްކޮށްފި
ކޮމިޓީ ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އިހުތިޖާޖު ކުރަމުން ދަނިކޮށް މީޑިއާ ނެތިކޮށްލާ ބިލުގެ ރިޕޯޓު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އިން އަލުން މިއަދު ފާސްކޮށްފި އެވެ.
Advertisement

ބެލެވޭ ގޮތުގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ބިލް ފާސްކުރި މިއަދު ހަވީރު ޖަލްސާގައި މީޑިއާ ނެތިކޮށްލާ ބިލު ފާސް ކުރާނެ ކަމަށް ބެލެވެ އެވެ.

ރައްޔިތުންގެ މަޖިލީހަށް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ" ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްޙަންނާން އަބޫބަކުރެވެ. މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން ދިރާސާކުރި މިބިލަށް ބޮޑެތި އިސްލާހުތަކެއް ވަނީ ގެނެސްފަ އެވެ. ބިލުގައިހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ، ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފެވެ.

ސަރުކާރުގެ ވަޒީރުންނާއި، ސިޔާސީ ބޭފުޅުންގެ އިތުރުން ސުޕަމެޖޯރިޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ބިލުގެ ދިފާއުގައި ވާހަކަދައްކަވަމުން ދަނިކޮށް ބަންޑާރަނައިބުގެ އޮފީހުން ވަނީ ނޫސްވެރިންގެ ކަންބޮޑުުވުންތަކާ ގުޅިގެން 14 އިސްލާހެއް ބިލަށް ހުށަހަޅައިފަ އެވެ.

އެ އިސްލާހުތަކާއި އިތުރު އިސްލާހުތަކެއް ހިމެނޭ ގޮތަށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އިއްޔެ ބިލް ފާސްކޮށްފަ އެވެ. 

އެ ކޮމިޓީން މީގެ އިރުކޮޅެއް ކުރިން ބައްދަލުވުމެއް ބޭއްވީ މީޑިއާ ބިލު އިއްޔެ ފާސްކުރި ފަހުން، އެ ބިލަށް ކައުންސެލް ޖެނެރަލްގެ ރިކޮމެންޑޭޝަންތަކެއް ލިބިގެން އެ ކަންކަން ވެސް ބިލުގައި ހިމެނުމަށެވެ.

އެއާއެކު މިއަދު މެންދުރުފަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ހުށަހެޅުންތައް ހިމަނައިގެން އަނެއްކާ ވެސް ބިލު ފާސްކޮށްފަ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމް ވަނީ އިއްޔެ ބައްދަލުވުމެއް ބާއްވައި ބިލު ފާސްކޮށްފައިވަނިކޮށް މިއަދު ހުށަހެޅުންތަކެއް ލިބިއްޖެ ނަމަ މިއަދުގެ ޖަލްސާގައި އެއީ ކޮން ހުށަހެޅުންތަކެއްތޯ އެނގެން ޖެހޭ ކަމަށެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވީ އިއްޔެ ފާސްކުރި ބިލުގައި އެއްވެސް ގާނޫނީ ފުށުއެރުންތަކެއް ނެތް ނަމަވެސް ފާސްކުރި ބިލަށް ކައުންސެލް ޖެނެރަލްގެ ލަފާތަކެއް ލިބިފައި ވާތީ އެ ލަފާ ވެސް ބިލް ފާސްކުރާއިރު ހިމެނުމަށެވެ.

އެހެންވެ، ޝުޖާއު ހުށަހެޅުއްވި ގޮތަށް ޕީއެންސީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ބިލު ފާސްކުރި އެވެ. އެ ކަމާ ދެކޮޅަށް ވޯޓު ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމް އެކަންޏެވެ.

އެކަމަކު، ޖަލްސާގެ ކުރިން ބިލުގެ ޑްރާފްޓެއް ހޯދުމަށް އޭނާ އެދިވަޑައިގަތް ނަމަވެސް އެކަމަށް ބެލުމެއް ނެތި ކޮމިޓީން ބިލު ފާސްކުރީ ވެސް އެކަމާ ދެކޮޅަށް އޭނާ ވާހަކަ ދައްކަވަމުން ދަނިކޮށެވެ.

ބިލާ ދެކޮޅަށް ނޫސްވެރިންނާއި، އިދިކޮޅު އެމްޑީޕީއިން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖުކުރަމުންނެވެ. މިއަދު ވެސް ހެނދުނު 08:30 އިން ފެށިގެން ނޫސްވެރިން އަންނަނީ މަޖިލިސް ދޮށުގައި އިހުތިޖާޖުކުރަމުންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް