ads
މީޑިއާތަކުން މިއަދު ކުރި މުޒާހަރާގެ ތެރެއިން: ފޮޓޯ ރާއްޖެ ޓީވީ
މީޑިއާތަކުން ހުށަހެޅި ޕެޓިޝަން ހުއްޓުވާލައިފި
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ދެކޮޅަށް ނޫސްވެރިން ހުށަހެޅި ޕެޓިޝަންގެ މަސައްކަތް އިތުރަށް ކުރިއަށް ނުގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ނިންމައިފި އެވެ.
Advertisement

މި ބިލު މަޖިލީހުން ބޭރުކޮށްދިނުމަށް އެދި ނޫސްވެރިން ވަނީ ޕެޓިޝަނެއް ހުށަހަޅާފަ އެވެ.

މިގޮތަށް ކޮމިޓީން ނިންމާފައި ވަނީ މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ. ޕެޓިޝަންގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމީ، ބިލުގެ މަސައްކަތް ކުރާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ކަންކަމަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ދީފައިވާތީ ކަމަށް ކޮމިޓީން ބުންޏެވެ. މި ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވި ހަ މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މި މައްސަލަ ހުށަހެޅުއްވީ މަޑަވެލީ ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒު ތާއީދު ކުރެއްވީ ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހުމާން އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު ފާހަގަކުރެއްވި ގޮތުގައި، މަޖިލީހަށް ހުށަހަޅާފައިވާ ބިލެއް ބޭރުކުރުމުގެ ބާރު ޕެޓިޝަން ކޮމިޓީއަށާއި މަޖިލީހުގެ އެއްވެސް ކޮމިޓީއަކަށް ލިބިގެން ނުވެ އެވެ. އަދި ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް މަޖިލިސް ދޮށުގައި ނޫސްވެރިން ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން، އެ ސަރަހައްދުގައި ހުންނަ ސްކޫލްތަކުގެ ދަރިވަރުންނަށް ވަރަށް ނުރަނގަޅު މެސެޖެއް ދެވޭ ކަމަށް ވެސް މުގައްރިރު ވިދާޅުވި އެވެ. އެހެންކަމުން މިކަމަށް ރިއާޔަތް ކުރުމަށް އޭނާ ނޫސްވެރިންގެ ކިބައިން އެދިލެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް