ads
ޕާސްޕޯޓް ކާޑެއްގެ ސާމްޕަލެއް: އިމިގްރޭޝަނުން ވަނީ މި ކާޑުގެ ހިދުމަތް މެދުކަނޑާލައިފައި - ފޮޓޯ/ އިމިގްރޭޝަން
ޕާސްޕޯޓް ކާޑުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި
އިމިގްރޭޝަނުން ޕާސްޕޯޓް ކާޑުގެ ހިދުމަތް މެދުކަނޑާލައިފި އެވެ.
Advertisement

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކަން ހުއްޓާލައިފާވަނީ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރިޔަށް ގެންދާތީ ކަމަށެވެ. 

އެ އިދާރާއިން ވަނީ މި ކަމުގެ ސަބަބުން ރައްޔިތުންނައް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދިފައި އެވެ.

މިކާޑު އުފައްދާފައިވަނީ 2017 ވަނަ އަހަރު އެވެ.

ޕާސްޕޯޓް ކާޑަކީ މޯލްޑިވްސް އިމިގްރޭޝަނުން ތައާރަފްކުރި ތަފާތު ބަޔޯމެޓްރިކް މަލްޓިޕާޕަސް އިލެކްޓްރޯނިކް ކާޑެކެވެ.

 

ޕާސްޕޯޓު ކާޑަކީ އިލެކްޓްރޯނިކް ޕާސްޕޯޓް އޮންނަ ފަރާތްތަކަށާއި، މޯލްޑިވްސް އިމިގްރޭޝަނަށް ހާޒިރުވެ، ކާޑުގައި ހިމެނުމަށް އިނގިލީގެ ނިޝާން އިލެކްޓްރޯނިކްކޮށް ދެވޭނެ ފަރާތްތަކަށް ދޫކުރާ ކާޑެކަށްވާއިރު މި ޕާސްޕޯޓު ކާޑު ރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ނުވަތަ ކަނޑުގެ ބަނދަރަކުން ފުރައިގެން ދިއުމަށާއި، ރާއްޖެ އެތެރެވުމަށް ބޭނުން ކުރެވޭނެކަމަށް އިމިގްރޭޝަން އިން ވަނީ ކަނޑައަޅާފަ އެވެ. 

އަދި ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑާއި، ޕްރިޕެއިޑް ކާޑުން ލިބޭ ހިދުމަތްތައް ހޯދުމަށާއި، އެލައިޑް އިންޝުއަރެންސްގެ ހިދުމަތްތައް ހޯދުމަށާއި، ދިވެހި ރައްޔިތެއްކަން ދެނެގަތުމަށް ނުވަތަ ކާކުކަން ދެނެގަތުމަށްވެސް މި ކާޑު ބޭނުންކުރެވޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް