ads
އަލީބާބާ ވޯކްޝޮޕު ފެށުމުގެ ރަސްމިއްޔާތުގައި އުރީދޫގެ އިސްވެރިން
އުރީދޫގެ ސަޕޯޓާއެކު، 260 އަށްވުރެ ގިނަ ވިޔަފާރި އިންޓަނޭޝަނަލް މާކެޓަށް
ދިވެހި ވިޔަފާރިތަކަށް އިންޓަނޭޝަނަލް މާކެޓަށް ނިކުތުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ބޭއްވި ހާއްސަ ވޯކްޝޮޕަކަށް އުރީދޫ މޯލްޑިވްސް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
Advertisement

ޖުމްލަ 260 އަށްވުރެ ގިނަ ވިޔަފާރިތައް ބައިވެރިވާ މި ވޯކްޝޮޕަކީ ދުނިޔޭގެ މަޝްހޫރު އީ-ކޮމާސް ޕްލެޓްފޯމް، އަލީބާބާ އިން އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ބޭއްވި ހަރަކާތެކެވެ. އުރީދޫ މޯލްޑިވްސް އިން ވަނީ މި ވޯކްޝޮޕްގެ ސަޕޯޓިން ޕާޓްނަރެއްގެ ގޮތުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

މި ވޯކްޝޮޕާ ގުޅޭގޮތުން އުރީދޫން ބުނީ، "މިއީ ދިވެހި ވިޔަފާރިތައް ބާރުވެރިކުރުވައި، އެ ފަރާތްތަކުގެ އުފެއްދުންތައް ދުނިޔެއަށް ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެއް،" ކަމަށެވެ. އަދި މިއީ އޮންލައިން ވިޔަފާރި ފުޅާކޮށް، ގައުމީ އިގްތިސާދު ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ. 

އެ ކުންފުނިން ދަނީ ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް، ރާއްޖޭގެ ވިޔަފާރިތަކަށް އިންޓަނޭޝަނަލް މާކެޓްގައި ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.

މި ވޯކްޝޮޕްގެ މައިގަނޑު މަގުސަދަކީ، އަލީބާބާ.ކޮމް ފަދަ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ދިވެހި އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް ފޯރުކޮށްދިނުމަށް ބޭނުންވާނެ މައުލޫމާތާއި ސްޓްރެޓެޖީތައް ވިޔަފާރިވެރިންނަށް އުނގަންނައިދިނުމެވެ. ބާސެލޯ ނަސަންދުރަ ހޮޓަލުގައި ކުރިއަށް ދިޔަ މި ހަރަކާތް ވަނީ އޮންލައިންކޮށް މުޅި ރާއްޖެއަށް ހުޅުވާލައި، ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް