ads
ރައްޔިތުން މަޖިލީހުގައި އަލަށް އުފެއްދި "ގެދޮރުވެރިކަމާ ބެހޭ ކޮމެޓީ" ގެ މުގައްރިރު އިބްރާހިމް ފަލާހް
ޕީޖީ ލީޑަރު ފަލާހު، 28 މިލިއަނަށް ހުޅުމާލޭން ބިމެއް ގަނެފި
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު، ހުޅުމާލޭން 28 މިލިއަން ރުފިޔާއަށް ބިމެއް ގަނެ، މިލްކުވެރިކަން ހޯއްދަވައިފިއެވެ.
Advertisement

ފަލާހްގެ މި ބިން، ސިވިލް ކޯޓުގެ ހުކުމަކުން މިއަދުވަނީ މިލްކުވެރިކަން ހޯއްދަވާފައެވެ. ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ، 28،782،000 ރުފިޔާއަށް ފަލާހް، ހުޅުމާލޭ ދެވަނަ ފިޔަވަހިން 3250 އަކަފޫޓުގެ ބިމެއް ބައްލަވައިގެންފައިވާކަމަށެވެ.

ފަލާހު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މާލީ ބަޔާނުގައިވާ ގޮތުން، ފަލާހު ވަނީ މި އަހަރުގެ ފެބްރުއަރީގައި ބޭންކް އޮފް މޯލްޑިވްސް އިން 15.7 މިލިއަން ރުފިޔާގެ ލޯނެއް ނަގައިފައެވެ.އެ ލޯނަށް އޭނާ ވަނީ މި އަހަރުގެ ތެރޭގައި 496،904 ރުފިޔާ ދައްކައިފަ އެވެ. ބާކީ ދައްކަންޖެހޭ އަދަދަކީ 15.2 މިލިއަން ރުފިޔާ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިބްރާހީމް ފަލާހް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ލޯނެއް ނުނަންގަވާ ކަމާއި، އިންތިހާބު ކާމިޔާބު ކުރައްވަން ހަރަދު ކުރެއްވީ 508,489 ރުފިޔާކަން އިލެކްޝަން ކޮމިޝަނަށް އޭނާ ހުށަހެޅުއްވި އިންތިހާބީ މާލީ ބަޔާނުގައިވެއެވެ. ދެވަނަ ފަހަރަށް މަޖިލީހަށް އިންތިހާބުވެފައިވާ ފަލާހުގެ މާލީ ބަޔާނުގައިވާ ގޮތުން ކެމްޕެއިނަށް ކުރެއްވި ހުރިހާ ހަރަދަކީވެސް ފަލާހްގެ އަމިއްލަ ފައިސާ އެވެ. ފަލާހް ނިސްބަތްވެވަޑައިގަންނަވާ ޕާޓީން، އަދި ހެޔޮ އެދޭ އެއްވެސް ފަރާތަކުންވެސް ފަލާހުގެ ކެމްޕެއިނަށް ފައިސާއެއް ދީފައިވާ ކަމަކަށް މާލީ ބަޔާނުގައި ވިދާޅުވެފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް